ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޢާންމު ޞިއްޙަތާއި އިޤްތިޞާދީ ވިލުންތެރިކަމުގެ ބިންގާ- ރައީސް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރާ ބައްދަލުކުރައްވައިފި ނުރައްކާތެރި މެނިންގޯކޯކަލް ބަލީގެ ކޭސްއެއް ފެނި، ކޮންޓެކްޓް ޓްރޭސިން ހަދަނ

ފެލިވަރު އަދި ތިނަދޫ ކޯލްޑް ސްޓޯރޭޖް ނިންމައި މިއަހަރު ބޭނުންކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯލްޑް ސްޓޯރޭޖްގެ ދަތިކަންކަމަށެވެ.
“މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް ދިމާވެފައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ، ކެޕޭސިޓީ ނެތިގެން ބާނާ މަސް ޕްރޮސެސްނުކޮށް އެކްސްޕޯޓު ކުރުން. ދިވެހިން ބާނާ މަހުގެ 87 ޕަސެންޓު އެކްސްޕޯޓު ކުރަނީ ޕްރޮސެސްނުކޮށް ރޯމަހުގެ ގޮތުގައި. މިކަމަށް ހައްލު ގެނައުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުން” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުކުރެވިއްޖެނަމަ މަސް ބޭނޭވަރަކަށް މި ބޭރުކުރާ ބޭރުކުރުން ހިފަހައްޓާލެވޭނެކަމަށެވެ. މިހާރު މަސް ބޭރުކުރަނީ ގަންނަ ކުންފުނިތަކުން ބޭނުންވުމުން ނޫންކަމަށާއި އޭގެ ސަބަބުން މަހަށް ހަމަ އަގު ހޯދުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކޯލްޑް ސްޓޯރޭޖްތައް އެޅުމުން މަހަށް ރަނގަޅު އަގެއް ހޯދުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ އެއް މަސައްކަތަކީ ކޯލްޑް ސްޓޯރެޖާއި މަސް ޕްރޮސެސް ކުރާނެ ފެސިލިޓީތައް ތަރައްގީ ކުރުމެވެ.
ތިނަދޫގައި ޤާއިމްކުރާ ފެސިލިޓީ ނިންމުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދެވޭކަމަށާއި ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތްވެސް ކޮންޓްރެކްޓަރާ ގުޅިގެން އޭގެ ސްޕީޑް ބާރުކުރުމުގެ މަސައްކަތް ކުރައްވަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރު ނިމުމުގެ ކުރިން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްވެސް އަޅުގަނޑުމެންނަށް އޮޕަރޭޝަނަށް ގެނެވޭނެ. އަދި ހަމަ އެއާއިއެކު ތިނަދޫގެ ކޯލްޑް ސްޜޯރޭޖްވެސް އަޅުގަނޑުމެން އޮޕަރޭޝަންއަށް ގެންނަން ބޭނުން. އަދި އެމަގުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ.” ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ