ކުރީގެ ރައީސް މަޢުމޫން އަބްދުލް ގައްޔޫމް ހިންގަވާ މައުމޫ'ން ފައުންޑޭޝަން" އިން ގެ އެހީގައި މިހާތަނަށް 30 ޒުވާނަކު މަތީ ތައުލީމު ހާސިލުކޮށްފި އެވެ.
މީގެ 15 އަހަރު ކުރިން އެ ފައުންޑޭޝަން އުފެއްދީ ޖެނުއަރީ 26، 2010 ގަ އެވެ.
'މައުމޫން ފައުންޑޭޝަން' ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ވަނީ ހާއްސަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި މައުމޫނާއި ފައުންޑޭޝަންގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި، ފައުންޑޭޝަންގެ އާންމު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިހާތަނަށް އެ ފައުންޑޭޝަންގެ ސްކޮލަޝިޕްތަކުގައި ތަޢުލީމް ހާޞިލްކޮށްފައިވާ ދަރިވަރުންނާއި، ފައުންޑޭޝަނަށް އެކި ގޮތްގޮތުން އެހީތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުން ވެސް އެ ހަފުލާގައި ބައިވެރިވެ އެވެ.
'މައުމޫން ފައުންޑޭޝަން' ގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދައި ދިނުން ހިމެނެ އެވެ. އެގޮތުން 30 ޒުވާނަކު އެ ފައުންޑޭޝަންގެ އެހީގައި މަތީ ތަޢުލީމު ހާޞިލްކުރުމަށް ފަހު މިހާރު ގެންދަނީ އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތް ވެސް ކުރައްވަމުންނެވެ.
ފައުންޑޭޝަންގެ 15 ވަނަ އަހަރީ ހަފުލާފައި ވަނީ އޭގެ ތެރެއިން ހަތަރު ދަރިވަރަކަށް 'މައުމޫން ފައުންޑޭޝަން' ގެ ދަޢުވަތު ވެސް ދީފަ އެވެ.
'މައުމޫން ފައުންޑޭޝަން' އަށް 15 އަހަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ