ހުޅުމާލޭގައި “ޕޮންގަލް 2025” ގެ ނަމުގައި އިންޑިއާގެ ބަޔަކު ހުޅުމާލޭގައި ބާއްވަން އުޅުނު ފެސްޓިވަލް ފުލުހުން ހުއްޓުވައިފި އެވެ.
މި ފެސްޓިވަލް ބާއްވާ ގޮތަށް އޮތީ މި މަހުގެ ހަތް ވަަނަ ދުވަހު ހުޅުމާލެ ސިންތަޓިކް ޓްރެކްގައެވެ. މި ފެސްޓިވަލްގައި ބައިވެރިވުމަށް އިޝްތިހާރުގެ ޕޯސްޓަރުތައްވެސް ޖަހާފައި ވެއެވެ.
ޕޮންގަލް ފެސްޓިވަލަކީ އާންމުކޮށް ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ މެދުތެރޭގައި އިންޑިއާގެ ތަމަޅަ މީހުންގެ މެދުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އެ މީހުންގެ ދީނީ ބޮޑު ފެސްޓިވަލެކެވެ.
ފުލުހުން ރޭ ވިދާޅުވީ، މި ފެސްޓިވަލް ނުބޭއްވޭނެ ކަމަށް ފެސްޓިވަލް އިންތިޒާމް ކުރުމުގައި ހަަރަކާތްތެރިވި ފަރާތްތަކަށް ކަމާ ބެހޭ އިދާރާތަކުން އަންގާފައިވާނެ ކަމަށެވެ.
އަދި މި ފެސްޓިވަލް މިހާާރު ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމް ކުރި ފަރާތްތަކުން މައުލޫމާތު ދޭ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ދެ ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި “ޖޮއިން ދަ ހީރޯސް”ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި ރެސްކިއު ޑައިވަރުން ތަމްރީނުކުރުން: މިއަހަރުވެސް 80 ފަޅުވެރިޔަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވޭ އއ. އުކުޅަހ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ