ނަހުލާގެ ނަމުގައި ސްކޭމެއް ހިންގާ ފޭރެނީ، ސަމާލުވާން އެދިއްޖެ

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑާ އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަންގައި ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ސްކޭމްކޮށްގެން މީސްމީހުންގެ އަތުން ފޭރުމުގެ އަމަލުތަކެއް ބަޔަކު ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާ އެކަމާ ސަމާލުވުމަށް ޖުމްހޫރީ ޕާޓީން އެދިއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ މި އަމަލުތައް ހިންގާ ފަރާތްތަކުން ނަހުލާގެ އަސްލު އެކައުންޓްތަކުގައި ހުންނަ ޒާތީ މައުލޫމާތާއި ފޮޓޯ އެއްގޮތް ކޮށްގެން ފޭކް އެކައުންޓްތައް ހަދާފައި ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ. އައިޝަތު ނަހުލާގެ އަސްލު އެކައުންޓްތަކަކީ ވެރިފައި ކުރެވިފައި ހުންނަ އެކައުންޓްތަކެއް ކަމަށާ އެކަން އަންގައިދޭ ނިޝާން އަސްލު އެކައުންޓްތަކުގައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ ވެރިފައިކުރެވިފައިވާ ކަމުގެ ނިޝާނެއް ނެތް ފޭކް އެކައުންޓްތައް މެދުވެރިކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން އެކިއެކި ފަރުދުންގެ އަތުން ފައިސާ އަތުލުމުގެ އަމަލުތައް ހިންގަމުންދާ މީހުން ހޯދައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
Advertisement
"މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މިބާވަތުގެ ނުރަގަޅު ކަންކަން ނަހުލާގެ ނަންފުޅާއި އެއްގޮތް އެކައުންޓްތައް ހަދައިގެން ބަޔަކު ހިންގާފައިވާތީ އެކަންވެސް އެކިފަހަރުމަތިން ވާނީ ސަމާލުކަމަށް ގެނެވިފައި," 
ނަހުލާގެ ނަމުގައި މެސެޖެއް ފަދަ އެއްޗެއް އަތުވެއްޖެނަމަ އޭގައިވާ ލިންކުތަކާއި ދެވިފައިވާ އިރުޝާދުތަކަށް އަމަލު ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ