މުއިއްޒު ހިންގާފައިވާ ސްކޭމް ތަކުގެތެރެއިން ގިނަ ކަންކަމުގެ ވާހަކައެއް މިހާރަކު ނުދެކެވެއެވެ. މަތި މައްޗަށް ހިންގާ ސްކޭމްގެ ގިނަކަމުން އަބަދުވެސް ދެކެވެނީ އެންމެ ފަހުން ހިންގާލާ ސްކޭމެއްގެ ވާހަކައެވެ. އެހެންނަމަވެސް މުއިއްޒު ތަކުރާރުކޮށް ހިންގަމުންދާ ސްކޭމްތަކުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރުމަށް އެކި ފާޑުގެ ޖަރީމާ ހިންގައިގެން ފައިސާ ހޯދިއެވެ. މަޖިލީހުގެ އިންތިހާބުގައި ރިޝްވަތު ދިނުމަށް ބޭރުގެ ބައެއް ކުންފުނިތަކުން ނަގުދު ފައިސާ ހޯދިއެވެ. ގިނަ ފަހަރަށް ބޭރުގެ ކުންފުނިތަކުން ފައިސާ ހޯދަނީ ތަރައްގީގެ ކޮންމެވެސް މަޝްރޫއަކާ މަތިކޮށްފައެވެ.
ރާއްޔިތުންގެ މަޖިލިސް އިންތިހާބުގައި ރިޝްވަތު ދިނުމަށް ތިން ހަތަރު މިލިޔަން ޑޮލަރ ފިލިޕިންސް ކުންފުންނަކުން ހޯދިއެވެ. އޭގެ މުގާބިލުގައި މާލޭ ކޮމަރޝަލް ހާބަރ ތަރައްގީކޮށް ހިންގުމުގެ ނަމުގައި ވަރުގަދަ އެމްއޯޔޫއެއްގައި ސޮއިކުރިއެވެ. އެމްއޯޔޫ ހެދީ 150 މިލިޔަން ޑޮލަރ އާއި 300 މިލިޔަން ޑޮލަރ އާއި ދެމެދުގެ ހޭދައެއް ކުރާގޮތަށް ފިލިޕިންސްގެ "ފިލޕިންސް އިންޓރނޭޝަނަލް ކޮންޓެއިނަރ ސާރވިސަސް" ( އައިސީޓީއެސްއައި) އަށް 25 އަހަރަށް ކޮމާޝަލް ހާބަރު ހިންގުން ހަވާލު ކުރުމަށެވެ.
އުފެދުމުގައިވެސް އެމްއޯޔޫ އަކީ އަމަލު ނުކުރާން ލިޔެ ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެހެން ކަމުން އެއްވެސް ސަބަބަކާހުރެ އެމްއޯޔޫ އުވާލައިފިނަމަ ފިލޕިންސް އިންޓރނޭޝަނަލް ކޮންޓެއިނަރ ސާރވިސަސް ( އައިސީޓީއެސްއައި) އަށް 5 މިލިޔަން ޑޮލަރ ދައްކަން ޖެހޭގޮތަށް އެމްއޯޔޫގައި ލިޔުނީ ދެވަނަ ބޭނުމެއްގައެއް ނޫނެވެ.
މުއިއްޒު އެވަގުތަށް ބޭނުންވެގެން އެކުންފުނިން ނެގި ތިން ހަތަރު މިލިޔަން ޑޮލަރު ފައިދާއާއިއެކު 5 މިލިޔަން ޑޮލަރ އެކުންފުންޏަށް ދައުލަތުގެ ފައިސާއިން ދިނުމަކީ މުޅި ސްކޭމްގެ މަގުސަދެވެ. އެމްއޯޔޫ ބާތިލުކޮށް ނެގި ފައިސާކޮޅު ފައިދާއާއިއެކު އަނބުރާ ދެވުނީމާ ނިމުނީތާއެވެ. ދައުލަތުން އެހެން ފުޅިއްސާލަނީ އެންމެ ފަސް މިލިޔަން ޑޮލަރ އެކަންޏެއް ނޫންތާއެވެ. ކޮމާޝަލް ހާބަރު ތަރައްގީ ކުރުމަކީ ނަމެއްގައި ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެކެވެ. އެވަގުތު އެމީހުން އަތުން މުއިއްޒު ބޭނުންވީ ހަތަރު މިލިޔަނެއްހާ ޑޮލަރެވެ.
ޕޯޓް ތަރައްގީކުރާނަމުގައި މިލިޔަނުން ޑޮލަރތަކެއް ކާލަން ހިންގި ސްކޭމް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ