ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ލަސް: މުނައްވަރު
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގު ލަސްވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މަސައްކަތް ކުރައްވަނީ މި މައްސަލައިގެ އިންސާފަށް ވާސިލުވާން ކަމަށް އެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ. މި މައްސަލައިގެ މައުލޫމާތުތައް ހާމަކުރުމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ހިންގައި ނަތީޖާ ނެރެވޭނެތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ދެއްވި ޖަވާބުގައި، މުނައްވަރު ވަނީ މި މައްސަލަ ތަހުގީގުކުރުމުގައި ލަސްވާ ކަމަށް އެއްބަސްވެލައްވައިފައެވެ. ހާދިސާ ތަހުގީގު ކުރުމުގައި ލަސް އެބަވޭ. އެ ގަބޫލުކުރަން އެނގޭތޯ،ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މުނައްވަރު ވިދާޅުވީ، ދައުލަތުގެ އެކި މުއައްސަސާތަކުން ކުރާ މަސައްކަތްތައް ޑުޕްލިކޭޓް ކުރެވިގެން ނުވާނެ ކަމަށާއި އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި، ޔުމްނުގެ މައްސަލައިގައި އިންސާފު ގާއިމުކުރަން ބޭނުންވެފައި އޮތް މިންވަރު ވިސްނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް އެ ކޮމިޝަނާ ހަވާލުކޮށްފައި އޮތް މެންޑޭޓުގައި އޮތީ މިކަން ހިނގި ސަބަބު ހޯދުމަށް ތަހުގީގުކުރަން ޖެހޭ ފަރާތުން ކުރިތޯ ނުވަތަ ނޫންތޯ ޔަގީން ކުރުމެވެ. އެހެންނަމެވެސް، އެ ތަހުގީގު ފުރިހަމަ ނުވާނަމަ ކޮމިޝަނުން އެކަމެއް ކުރަން ޖެހޭނެކަން މުނައްވަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ފުލުހުން މި ހާދިސާއާ ގުޅިގެން ހޯދާފައި ހުރި މައުލޫމާތުތައް ހޯދަން ބައްދަލުވުމެއް އޮތްކަން މުނައްވަރު ވަނީ ހާމަކުރައްވާފައެވެ. އެ ކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، މައްސަލައިގައި ކުރިއަށް ދާނެ މިސްރާބެއް އެނގޭނީ ފުލުހުންނާ ބައްދަލުކޮށް މައުލޫމާތުތައް ލިބުމުން ކަމަށެވެ. އަޅުގަނޑަކަށް ނުކުރޭނެ ދަންނަވާކަށް މީގައި [މައްސަލައިގައި] ވާނީ މިހެންނޭ. އެހެންނަމަވެސް، އަޅުގަނޑުމެން މި ދަންނަވާ އެއްޗަކީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތަފާތުކޮށް ގެންދެވޭތޯ. މާނައަކީ ނަތީޖާއެއް ނެރެވޭތޯއޭ. ނަތީޖާއެއް ނެރުމަކީ މި މައްސަލައިގައި ރައްޔިތުން އެދޭ ފަދަ އިންސާފަކަށް ވާސިލުވުން،ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މި މައްސަލައިގައި އިންސާފު ހޯދަން ކޮމިޝަނުން މަސައްކަތް ކުރައްވާނެ ކަމަށާއި މައްސަލައިގައި ފުލުހުންގެ ފަރާތުން އިހުމާލެއް ވެފައި އޮތްކަން އެނގޭ ހިސާބުން ކޮމިޝަނުން ވަގުތުން އެ ކަމަށް ފިޔަވަޅު އަޅާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. ޔުމްނު ވެއްޓުނު ހާދިސާގައި ހިމެނޭ މީހުންގެ ވަނަވަރު ---- މުނައްވަރު ވަނީ ކޮމިޝަންގެ މަސައްކަތް އޭނަގެ ބެއްލެވުމުގެ ދަށުން ގެންދިޔުމުގައި ފުރިހަމައަށް، މިނިވަންކަމާ އެކު ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މި ކޮމިޝަނުގައި މުނައްވަރާއި އަހުމަދު މުހައްމަދުގެ އިތުރުން، ޑރ. މޫސާ މުރާދާއި ސިއްހީ ދާއިރާގެ އިތުރު ބޭފުޅެއް ކަމަށްވާ ޖަބީން މުޙައްމަދާއި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ހިމެނިވަޑައިގަންނަވައެވެ https://sun.mv/205425 ފުލުހުން ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ. މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދެއްވުމަށް ދަނީ ގޮވާލަމުންނެވެ. މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ. ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރު 10 ދުވަސް ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ