މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ކުޅުން މިހާތަނަށް ނިމިފައިވާއިރު، ކުޅުނު ތިން މެޗުން މޮޅުވެ، އެއް ވަނައިގައި ޕޮލިސް ކްލަބް އޮތްއިރު، ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުން ޕޮލިހުން ވަނީ 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-21، 23-25، 25-16 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ އައިމިނަތު އަރީޝާ (އަރީ) އެވެ.
ޖުމްލަ ހަ ޓީމު ވާދަކުރާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ އެއް ވަނައިގައި ޕޮލިސް ކްލަބް އޮތީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެމްކޯ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވެ އެވެ. ތިން ވަނައިގައި އޮތް ފްލެކްސާ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ދެ މޮޅު ލިބުނުއިރު، އެ ޓީމަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް، ހުރާ އަށް ހަތަރު މެޗުން އެއް މޮޅާ އެކު، ހަތަރު ޕޮއިންޓް ލިބިފައިވެ އެެވެ.
ސިޓީ ފްރެންޑް ކްލަބަށް ތިން މެޗުން އެއް މޮޅާ އެކު، ތިން ޕޮއިންޓް އަދި، ފުލުގައި އޮތް ގުޑް ގޭމްސް ސްޕޯޓްސް ކްލަބަށް ތިން މެޗުން އެއް މޮޅާ އެކު، ދެ ޕޮއިންޓް ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަން ބޭއްވިއިރު، މިއީ، 2017 ވަނަ އަހަރުގެ ފަހުން ވޮލީ ލީގުގެ އަންހެން ޑިވިޝަން ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ވެމްކޯ އިން ތަށި އުފުލާލީ، ފަހު މެޗުގައި، ޕޮލިސް އަތުން 3-2 ސެޓުން މޮޅުވެގެންނެވެ.
ގައުމީ ވޮލީބޯލް ލީގު: ޕޮލިސް ކުރީގައި، ވެމްކޯ ވިއްދާފައި ގައުމީ ވޮލީބޯލް ލީގު: ޕޮލިސް ކުރީގައި، ވެމްކޯ ވިއްދާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ