ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ޖަމީލް އަވަހާރަވެއްޖެއެވެ.
އަބްދުﷲ ޖަމީލް އަވަހާރަވީ ލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން މިއަދު ފަތިހު ވަގުތެއްގައެވެ.
އަބްދުﷲ ޖަމީލު ވަނީ ދައުލަތުގެ ވަރަށް އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން މޭ 27، 1991 އިން ނޮވެމްބަރު 10، 1993 އާ ހަމައަށް ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައިވެ އެވެ. އަދި ހެލްތު މިނިސްޓަރު ކަންވެސް ކުރައްވާފައިވެ އެވެ.
އެގޮތުން 1991 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުން ފެށިހެން 1993 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހާ ހަމައަށް އަބްދުﷲ ޖަމީލް ވަނީ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ އިތުރަށް އަބްދުﷲ ޖަމީލް ވަނީ ހެލްތު މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
އަބްދުﷲ ޖަމީލަކީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލްގެ ބައްޕާފު އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ކޮއްކޯފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ