އާއިލާއެއްގެ 200 މެމްބަރުންގެ ބޮޑު މާހެފުމެއް

މިއީ މިހާތަނަށް ރާއްޖޭގެ އާއިލާއެއްގެ އެންމެ ގިނަ މެމްބަރުން ބައިވެރިވެގެން ބޭއްވި މާހެފުމަށް ވެދާނެ އެވެ. ރޯދަމަހަށް މި ބޮޑު އާއިލާގެ މެމްބަރުން އެއްތަން ކޮލަން ބޭއްވި މި މާހެފުން ވަރަށްވެސް ކާމިޔާބެވެ.
މަޝްހޫރު އުތުރު ގަނޑުބަނޑުގެ ބަތަލް، ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ އާއިލާއަކީ މިރަށުގެ ބޮޑު އާއިލާއެކެވެ. އެ އާއިލާގެ މެމްބަރުންގެ ގޮތުގައި މިވަގުތުވެސް ދުނިޔޭގައި 1050 މެމްބަރުން އެބަތިއްބެވެ.
މި މާހެފުމުގައި އިސްކޮށް އުޅުނު އާއިލާގެ މެމްބަރަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ، މިއީ އާއިލާ އެއްތަންކޮލައި ގުޅުން ބަދަހިކޮށްލަން ބޭއްވި މާހެފުމެއް ކަމަށެވެ. ހޮނިހިރުދުވަހު ހަވީރު ރަށްމަތިފަނުންގައި ކުރިއަށްގެންދިޔަ މި މާހެފުމުގައި ރަށުގައި ތިބި އެ އާއިލާގެ 200 މެމްބަރުން ބައިވެރިވި ކަމަށެވެ.
ބޮޑު މުހައްމަދު ކަލޭފާނު އާއިލާއިން ބޭއްވި މާހެފުމުގައި 200 މެމްބަރުން ބައިވެރިވި--
ބޮޑު މުހައްމަދު ކަލޭފާނު އާއިލާއިން ބޭއްވި މާހެފުމުގައި 200 މެމްބަރުން ބައިވެރިވި--
މިއީ މިގޮތަށް މި އާއިލާއިން ބޭއްވި ފުރަތަމަ މާހެފުމެވެ. ކުރިއަށް އޮތްތަނުގައި މިކަން މިއަށްވުރެ ފުޅާކޮށް ކުރަމުންދާނެކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.
މި މާހެފުމުގައި އާއިލާގެ ވަރަށް ދުވަސްވީ މެމްބަރުން ބައިވެރިވެލެއްވިއިރު ހަދިޔާ ބަދަލުކޮށްފައިވެ އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރުން ޔާސިރު އަބުދުލް ލަތީފަކީވެސް ބޮޑު މުހައްމަދަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ