ކުއްޔަށް ވާ 4 މިލިއަން ޑޮލަރު ނުދައްކާ އޮތުމުން މެލެޝިއާގައި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ބޯޓެއް ހިފަހައްޓައިފި

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގައި ދުއްވާ ބޯޓެއްގެ ކުލީގެ ގޮތުގައި ދޭން ޖެހޭ 4 މިލިއަން ޑޯލަރު ނުދީ އޮވެ އެ ބޯޓު މެލޭޝިއާ އަށް ދިޔަ ވަގުތު ހިފަހައްޓައިފިއެވެ.
ޕާކިސްތާނާއި މެލޭޝިއާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވާ ގޮތުން، ބޯޓަކީ ޕާކިސްތާނުން ކުއްޔަށް ގެންގޮސްގެން ދުއްވަމުން ދާ ބޯޓެއް ކަމަށާއި ބޯޓުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 4 މިލިއަން ޑޮލަރު އެބަ އޮތެވެ. އަދި މި ބޯޓު ހަމަ މިފަދަ މައްސަލައެއްގައި 2021 ވަނަ އަހަރުވެސް ހިފެެހެއްޓި ކަމަށާއި، ނަމަވެސް އެފަހަރު ދޫކޮށްލީ ޑިޕްލޮމެޓިކް ފެންވަރުގައި މައްސަލަ ހައްލުކުރަން ޕާކިސްތާން ސަރުކާރުން ޒިންމާ އުފުލުމުން ކަމަށް ވެސް ބުނެއެވެ. އަދި އެފަހަރު ބޯޓު އަނބުރާ ޕާކިސްތާނަށް ދިޔަ ދަތުރުގައި 173 މީހަކުވެސް ގެންދިޔަ ކަމަށް ބުނެއެވެ.
ބޯއީން777 މަރުކާގެ އެ ބޯޓު މެލޭޝިއާ އިން މިއަދު ހިފެހެއްޓި އިރު އޭގައި ޕަސެންޖަރުން ތިބި ކަމެއް ނުވަތަ މުދާފަދަ އެއްޗެއް ހުރި ކަމެއް ސާފެއް ނުވެއެވެ.
ކުއްޔަށް ނަގާފައި ވާ އެ ބޯޓުގެ ކުލީގެ މުއްދަތަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި ޖުމްލަ 14 މިލިއަން ޑޮލަރު އެބަ އޮތް ކަމަށް، 2021 ގެ ހާދިސާ ހިނގި އިރު ޕީއައިއެއިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ