ރައީސަކީ ކޮން ބޭފުޅެއްކަން ކަށަވަރުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި މިހާރު ހުންނެވީ ކޮން ބޭފުޅެއްކަން ކަށަވަރުކުރުމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރުގައި ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަކަށް އެމަނިކުފާނު ހޭނައްތަންޖެހުމާ ގުޅިގެން ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ނައިބުރައީސް ފައިސަލް ނަސީމް ހުވައިކުރެއްވުމާ ގުޅިގެން އިދިކޮޅުން ހުށަހެޅި މައްސަލައެކެވެ.
ނައިބުރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ނައިބުރައީސް އެފަދަ ހާލަތުގައި ވަކި ހުވައެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އިދިކޮޅުގެ ވަކީލުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.
ޕީޕީއެމްގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ އެ މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް އަސްލީ އިޚުތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަތަކުގެ ހުރިހާ ސިފައެއް ފުރިހަމަވާ ގޮތަށް ޤާނޫނީ ހުއްޖަތު ޤާއިމުކުރުމަށް ފަހުގައި ކަމަށެވެ.
ވަކީލުން އިތުރަށް ވިދާޅުވީ މި މައްސަލައަކީ ރާއްޖޭގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، ދިވެހިންނަށް ރައީސުލްޖުމްހޫރިއްޔާއަކީ ކާކުކަން އޮޅިފައިވާތީ ކަމަށެވެ. އަސްލަކީ އެންމެ ފަހުން ހުވައިކުރެއްވި ބޭފުޅަކު ރައީސްކަމަށް ބެލުންކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. އިދިކޮޅުގެ ވަކީލުން ވިދާޅުވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމުކަމަށް ދެކެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ސޯލިހް ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ހޭނައްތަން ޖެހުމާ ގުޅިގެން އެ އޮޕަރޭޝަންކުރާ ވަގުތަށް ވެރިކަން ނައިބުރައީސް ފައިސަލް ނަސީމާއި ސުޕްރީމް ކޯޓުން ހަވާލުކުރިކުރުން ރުޖޫއަކޮށްފައިވޭތޯ މީގެކުރިން އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނު ޖަލަށް ވަޑައިގެންނެވުމުގެ ކުރިން ސުވާލުވެސް ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ވިދާޅުވީ ރައްޔިތުންނަށް އޮޅުވައިލައްވާ ދެ ރައީސުންނަކީ އޮޅުވައިލެވުނު އިންތިހާބަކުން ފައިދާ ލިބިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް ޞާލިޙަށް ޒިންމާ އަދާނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން، ރައީސްކަން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ދީފައިވާ ނައިބުރައީސް ފައިސަލް ނަސީމު ކަމަށެވެ.
ރައީސް ސޯލިހް ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ހޭނައްތަން ޖެހުމާ ގުޅިގެން އެ އޮޕަރޭޝަންކުރާ ވަގުތަށް އެމަނިކުފާނުގެ ބަދަލުގައި ވެރިކަމާ ނައިބުރައީސް ފައިސަލް ނަސީމް ހަވާލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުވައިކުރައްވާފައިވެއެވެ.
އެ ހުވާ ކުރެއްވުމާއި ގުޅިގެން އެއީ ކުރުން ލާޒިމު ހުވައެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ދެ ބޭފުޅަކު ރައީސްކަމާ ހަވާލުވެވަޑައިގެން ތިއްބަވާ ކަމަށް ބުނެ ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ