މާލޭ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭތީ ރައީސް ނަޝީދު ފެކްޝަނުން މަޖިލީހަށް ޤަރާރެއް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް 5 އަހަރު ހަމަވާން ދާއިރުވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާތީ އެ މަސައްކަތް ހަލުވިކަމާއެކުކޮށް ނިންމައިދިނުމަށް އެދި ސަރުކާރަށް ގޮވާލައި ގަރާރެއް މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.
ހިޔާލުތަފާތު ވުންތައް އުފެދިފައިވާ އެމްޑީޕީގެ މެމްބަރުން ގަރާރު މަޖިލީހަށް ހުށައެޅި އިރު މިމައްސަލަ ހުށައަޅާފައިވާ ރައީސް ނަޝީދަށް ތާއިދުކުރައްވާ ފެކްޝަނުންނެވެ.
މިގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ މި ގަރާރުގައި ބުނެފައިވާގޮތުން މި ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައި ވާއިރު، ސަރުކާރުން މިހާތަނަށް މާލޭގެ ރައްޔިތަކަށް މާލެ ސަރަހައްދުން ގޯއްޗެއް ނުވަތަ ފެލެޓެއް ފޯރުކޮށްދީފައެއްނުވެއެވެ.
"އެމްޑީޕީގެ މެނިފެސްޓީގައި ބުނެފައިވަނީ،" ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭވަރުގެ ކުދި ބިންކޮޅުގައާއި ކުދިކުދި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދެވޭނެއެވެ.
މާލޭގައި އެކަށީގެންވާވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނޭ މަގު ކޮށައިދެވޭނެއެވެ." މިފަދައިންނެވެ." މިޤަރާރުގައި ބުނެފައިވެއެވެ.
ޤަރާރުގައި އިތުރަށް ބުނީ ސަރުކާރުން އެ މަސައްކަތް ކުރަމުން ދަނީ އެހައިމެ ލަސް އަދި އެއްވެސް މިސްރާބެއް ނެތި ކަމަށާއި އާއި ބޯހިޔާވަހިކަމާއި ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްތަކެއް މިހާތަނަށް ވެސް ކޮށްފައި ނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ