ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަން އުވާލައިފި
މިދިޔަ އޭޕްރީލް18 ވަނަ ދުވަހު މާލޭ ގެޔެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.ރައީށް އޮފީހުން ބުނީ، އެ ހާދިސާ ތަހުގީގުކުރަން އުފެއްދެވި ކޮމިޓީ ރައީސް ވަނީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން ނެރުއްވި ގަރާރަކުން އުވާލައްވައިފައެވެ.ރައީސް އެ ކޮމިޝަން އުފެއްދެވީ، އެޕްރީލު މަހުގެ 27ގައެވެ.އެ ކޮމިޝަނާ މަތިކުރެއްވީ އެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށެވެ.އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެއްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ ރިޕޯޓުގައި ވަނީ ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ ކަމަށާއި ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ.ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ހޯމް މިނިސްޓްރީ އާއި، ޞިއްޙީ ވުޒާރާއަށް، ރައީސް ވަނީ އަންގަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ