ޕީއެސްއެމް ލޯގޯ ޖަހައިގެން ބެޓިން ސައިޓުތައް އިޝްތިހާރުކުރާ މައްސަލައެއް ބަލަނީ

ޕީއެސްއެމްގެ ލޯގޯ ލައިގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވީޑިއޯއެއް ހަދާ ބެޓިން ސައިޓްސްތައް އިޝްތިހާރުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނީ ޕީއެސްއެމްގެ ލޯގޯއާ ބްރޭންޑު ބޭނުންކޮށްގެން ބެޓިން ސައިޓުތައް އިސްތިހާރުކުރުމަށް އޭއައި އިން އުފައްދާފައިވާ ވީޑިއޯ އަދި އޯޑިއޯއެއް ދައުރުކުރަމުން ގެންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ތަފްސީލް - އެކަން ބަލަމުންދާ ކަމަށް ބުނި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
މި ވީޑިއޯ ދައުރުކުރަމުންދަނީ 'ކިރާބެޓް' ކިޔާ ބެޓިސް ސައިޓެއްގެ ފޭސްބުކް ޕޭޖަކުންނެވެ. އޭއައި ބޭނުންކޮށްގެން ހަދާފައިވާ އެ ވީޑިއޯގައި ޕީއެސްއެމް އަދި ޓީވީއެމްގެ ލޯގޯ ބޭންކުރުމުގެ އިތުރުން، އެ ތަނުގެ ނޫސްވެރިޔަކު ހަބަރު ހުށަހަޅައިދޭ ގޮތަށް އެ ސައިޓު އިޝްތިހާރުކޮށްފައިވެ އެވެ.
ޕީއެސްއެމްގެ ޕްރެންޓަރު ދައްކާ ވާހަކަ އޭއައި ބޭނުންކޮށްގެން ބަދަލުކޮށް، އެ ބެޓިން ސައިޓުން ހުށަހަޅާފައިވާ އިނާމުތަކެއް ބަޔަކަށް ލިބުނުކަމަށް ދޭހަވާ ގޮތަކަށް އެ ސައިޓު އިޝްތިހާރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ