ޑިމޮކްރެޓްސް ބޭއްވީ ކާމިޔާބު ފުރިހަމަ ޖަލްސާއެއް: ގާސިމް

ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ ވަފާތެރިން އެމްޑީޕީއާ ވަކިވެ އުފެއްދި ޕާޓީއެކެވެ. ޑިމޮކްރެޓްސްގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ ބޮޑު ބައި ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އުފައްދަން ރޭ މާލޭގެ ޣިޔާސުއްދީނުގައި ބޭއްވި ޖަލްސާއަށް ތައުރީފު ކުރައްވާ އެ ޖަލްސާއަކީ ވަރަށް ފުރިހަމަ އަދި ކާމިޔާބު ޖަލްސާއެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅު ވެއްޖެ އެވެ.   
މިއަދު ހެނދުނު ޓްވީޓެއް ކުރައްވާ ގާސިމް ވިދާޅުވީ "ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވީ ނުހަނު ކާމިޔާބު، އެހާމެ ފުރިހަމަ ޖަލްސާއެއް ކަން ޔަގީން" ކަމަށެވެ. ގާސިމްގެ ޖޭޕީން މަންދޫބަކު ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާއަށް ތައުރީފެއް ކުރެއްވުމާއެކު ގާސިމް ވަނީ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ވަގުތީ ޗެއާޕާންސަން، މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށާއި އެ ޕާޓީއާ ގުޅި ވަޑައިގަންނަވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ރައީސް މުހައްމަދު ނަޝީދަށް ތަހުނިޔާ ދަންނަވާފަ އެވެ. ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ ވަފާތެރިން އެމްޑީޕީއާ ވަކިވެ އެ މަނިކުފާނަށް ސިޔާސީ މައިދާން ފަހިކޮށްދޭން އުފެއްދި ޕާޓީއެކެވެ. ރޭގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރި ވަޑައިގެން ވާހަކަފުޅު ވެސް ދެއްކެވި އެވެ.
ޑިމޮކްރެޓްސްގެ ޖަލްސާގައި ރައީސް ނަޝީދު ރޭ ވިދާޅުވީ އަލަށް އުފައްދާ "ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ ބޮޑު ބައި ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ އެމްޑީޕީގެ 80 ޕަސެންޓް ނިސްބަތްވާނެ ޕާޓީ ކަމަށެވެ. އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ޖެހުނީ އުންމީދުތައް ގެއްލުމުން ކަމަށެވެ."މިއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަކިވެގެން އައި އެއްބައި. މިއީ އެ ޕާޓީ [އެމްޑީޕީ] ގެ ބޮޑުބައި ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުހިނގާ. އަޅުގަނޑު ޑިމޮކްރެޓުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަކީ ކުރީގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 80 ޕަސެންޓް،"ރޭ ޑިމޮކްރެޓްސްގެ ޖަލްސާގައި ވަގުތީ ޗެެއާޕާސަން ކަމަށް ހަސަން ލަތީފު ހޮވި އިރު ވަގުތީ ޗެއާޕާސަންގެ ނައިބުންގެ މަގާމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހޮވާފައި ވެއެވެ. އަދި ޕާޓީގެ ނަމާއި ކުލަ އާއި ލޯގޯ އާއި ދިދަ ސިއްކަ އާއި އަސާސީ ގަވައިދުވެސް ފާސް ކުރި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ