ވެރިކަންކުރާ އެމްޑީޕީން ޅ.ނައިފަރުގައި ބޮލަކަށް 15،000 ރުފިޔާގެ މަގުން ފައިސާ ބަހަން ފަށައި މީހުންނަށް ފައިސާ ހަވާލުކުރަން ފަށައިފިއެވެ.
ރެއިން ފެށިގެން އެމްޑީޕީން އަންނަނީ ވޯޓު ގަތުމުގެ ގޮތުން މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދެމުންނެވެ. އާންމު ގޮތެއްގައި ބޮލަކަށް 25،000 ރުފިޔާގެ ރޭޓުން އެ ޕާޓީން އަންނަނީ ފައިސާ ބަހަމުންނެވެ. މީހުންނަށް ގުޅައި އެމީހުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވައި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ހަމަޖެއްސެން ހުންނަ ކަންކަން އެމްޑީޕީން އަންނަނީ ހަމަޖައްސައިދެމުންނެވެ.
"ގުޅާފަ މިބުނަނީ ރައީސުލްޖުމްހޫރިއްޔާއަށް ވޯޓު ދޭނަންތޯ. ނުދޭނަމޭ ބުނީމަ ބުނަނީ ކޮންކަމެއްހޭ ބޭނުމީ. އަޅުގަނޑު ބުނީ ރެންޓު ދައްކަން ފައިސާ ބޭނުމޭ. ބުނީމަ ބުނީ 25,000 ރުފިޔާ ދެވިދާނެ އޭ" މީހަކު ބުނިކަމަށް ދިޔަރެސްގައި ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން މައުލޫމާތު ދިން އެހެން މީހަކު ވަނީ ވޯޓު ލާމަތިން 25,000 ރުފިޔާ މިހާރުވެސް ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އިތުރު ވޯޓު ހޯދާދޭމަތިންވެސް ފައިސާ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު، މި ހިނގަނީ ކެމްޕެއިންގެ އެންމެ ފަހު ވަގުތުކޮޅެވެ. މިއަދުގެ އިރުއޮއްސި 6 ގެ ފަހުން ކެމްޕެއިން ކުރުމުގެ ފުރުޞަތު ބަންދުވާނެއެވެ.
އިންތިހާބާ ދިމާކޮށް އެމްޑީޕީން ރިޝްވަތު ބަހަމުންދާއިރު މިހާތަނަށް ކަމާ ބެހޭ އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.
ވޯޓުލާން ވަގުތު ކުޑަތަންވެފައިވާއިރު، މި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމެވެ. ޤާސިމްއަށް ވޯޓު ދެއްވަންޖެހޭ ސަބަބުތަކާއި، މި ރާއްޖޭގައި ހުރި ބޮޑެތި މައްސަތަކާއި، އަދި އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ގޮތްތައް ބަޔާންކޮށް، އެމަނިކުފާނު ސޮއިކުރައްވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް މިއަދު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.
ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން މިވަނީ ސޮވަރިން ދަރަނި އިތުރުކޮށްފައިކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ، ދަރަނި މިވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވޭކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ
ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން މި ރާއްޖެ ތަރައްޤީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް، ތަޖްރިބާގެ އަލީގައި ޔަޤީންކަމާއެކު، ޤައުމު ހަމަމަގަށް އެޅުވުމަށް، ޤާސިމް އިބްރާހީމް އަށާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމްއަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން ހުކުރު ދުވަހުގެ ހަވީރު ބާއްވަން ވަނީ ނިންމާފައެވެ.
މި ހިނގާލުން ފެށެނީ އާޓިފިޝަލް ބީޗް ސްޓޭޖާއި ދެންވޭރު ދަނޑާއި ދެމެދު މަޖީދީ މަގުން ހުކުރު ދުވަހުގެ ހަވީރު 04:00 އެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
ވޯޓު ގަންނަން އެމްޑީޕީން ފައިސާ ބަހަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ