އެމްއެންޕީ ހޯރަފުށީ ދާއިރާގެ ރައީސްގެ ތާއީދު ގައުމީ ކެންޑިޑޭޓަށް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ހޯރަފުށީ ދާއިރާގެ ރައީސް އަބްދު ﷲ ރަޝީދު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގައުމީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމް އަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
އެމްއެންޕީ އަކީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގަތް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެކެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އެ ކެންޑިޑޭޓުންގެ ތެރެއިން، އެބޭފުޅެއްގެ ފަހަތްޕުޅުގައި އެންމެ ޤާބިލް، އެންމެ ތައުލީމީ ޓީމެއް އޮތީ ވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެއެވެ. އެގޮތުން، ޤާސިމް އިބްރާހީމާއެކު ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަންނަވާ ޓީމުގައި، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖިހާދު އަދި ދިވެހި ދައުލަތާއި މުޅި ދިވެހިރާއްޖެއަށް ވެސް އެކި ދާއިރާތަކުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. މަހުމޫދު ޝައުގީ ހިމެނިވަޑައިގަންނަވައެވެ.
ތައުލީމީ، ޤާބިލް، ޒުވާން އެތައް ބޭފުޅުންތަކެއް ޖޭޕީއާ ގުޅެމުން އަންނަ ދުވަސްވަރެއްގައި އެމްއެންޕީ ހޯރަފުށީ ދާއިރާގެ ރައީސް، ގައުމީ ކެންޑިޑޭޓަށް ތާއީދުކުރައްވަން ނިންމެވިއިރު، ހުސްވި އޮގަސްޓު މަހުގެ ތެރޭގައި، ނ. މާފަރު ކައުންސިލްގައި ހިމެނޭ ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ) އަށް ނިސަބަތްވާ ކައުންސިލަރ އަތޫފް އަބްދުﷲ ވެސް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަތޫފް ޖޭޕީއަށް ސޮއިކުރެއްވީ ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕެއިން ދަތުރުފުޅެއްގައި މާފަރަށް ވަޑައިގަތުމުން އެމަނިކުފާނުގެ އަރިހުގައެވެ.
މިފަހަކަށް އައިސް ގިނަ އަދަދެއް މީހުން އަންނަނީ ޖުމްހޫރީ ޕާޓީއާ ގުޅެމުންނެވެ. އެޕާޓީގެ އިދާރީ ދަފުތަރުގައި 44000 އަށްވުރެން ގިނަ މެމްބަރުން އެބަތިބިކަން ލީޑަރު ޤާސިމް މީގެކުރިންވަނީ ހާމަކުރައްވާފައެވެ.
ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިންތިހާބީ މައިދާނުން އެންމެ ހަރަކާތްތެރިކޮށް ފެންނަނީ ޖުމްހޫރީ ޕާޓީއެވެ. ޕާޓީގެ ލީޑަރު އަދި މުޅި ލީޑަރޝިޕުން ދެކިވަޑައިގަންނަވާ ގޮތުގައި ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންގެ ހިތާ ގުޅިފައިވާ ރައްޔިތުންގެ ވިންދެވެ.
މިފަހުން ގިނަ އަަދަދެއްގެ މެމްބަރުންތަކެއް ޖޭޕީއާ ގުޅެމުން އަންނަ މައިގަނޑު ސަބަބަކީ އެއީ ކަމުގައިވެސް އެ ފަރާތްތަކުން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ