އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މިޝިއާރުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައްޑޫ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ.
އައްޑޫ ބިޒްނަސް ޑައިލޮގް އޮންނާނީ މިމަހުގެ 13 އިން 14 އަށް އައްޑޫ ސިޓީގައެވެ. މި ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މިޑައިލޮގުގައި ބައިވެރިވެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.
އައްޑޫ ސިޓީގައި ބާއްވާ ބިޒްނަސް ފޯރަމަކީ، އައްޑޫ ސިޓީގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ލިބޭނެ އިނާޔަތްތަކުގެ އިތުރުން ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމްގެ ތެރެއިން އެކި ސިނާޢަތުގެ ހިއްސާދާރުންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ލިބޭނެ ލުއިތަކާ ބެހޭ މައުލޫމާތުދީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށް އިކޮނޮކިމް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.
ދެ ދުވަހުގެ މި ފޯރަމްގައި އިގުތިސާދީ ތަރައްޤީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރަށް ހޯމްލޭންޑް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި މީރާގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ބައިވެރިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ