ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވަފުދެއް ލަންކާއަށް ވަޑައިގެންނެވީ އާދިއްތަ ދުވަހު އެވެ.
ތަފްސީލް - ރައީސްގެ ލަންކާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާއާ ދެމެދު 7 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި:
ލަންކާގެ ރައީސްއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވި
ބޮޑުވަޒީރު ހިމެނޭހެން އެ ގައުމުގެ އިސްވެރިންނާއި ބައްދަލުކުރެއްވި
ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ތައާރަފުކޮށްފައިވޭ
މިފްކޯގެ އުފެއްދުންތައް ލަންކާގައި ތައާރަފުކޮށްފައިވޭ
މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ބާއްވާފައިވޭ
ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވި
ފާހަގަ ކުރެވޭ - ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ލަންކާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ