މެސެންޖާއިން ގުޅުން އުފައްދައިގެން 50،000ރ. ފޭރިއްޖެ

ފޭސްބުކް މެސެންޖާ މެދުވެރިކޮށް ގުޅުން އުފައްދައިގެން 50،000ރ. ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާ އަދި ވައިބާ މެދުވެރިކޮށް ފޮނުވި ލިންކެއް މެދުވެރިކޮށް ފައިސާ ފޭރުނު މައްސަލާގައި މީހަކު ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކުރީ:
މޫސާ މުހައްމަދު، 38، މ. އޮމެގާ
އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި
ތަފްސީލް - ފުލުހުން ބުނީ މޫސާ މުހައްމަދު ވައިބާ މެދުވެރިކޮށް ވިކްޓިމްއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000ރ. ކެނޑިފަައިވާ ކަމަށެވެ.
 އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުހައްމަދުގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 
ފާހަގަ ކުރެވޭ - މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް، ނުދަންނަ މީހުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ