ކްލީން އެންޑް ހެލްތީ އޯޝަން މަޝްރޫއު ރާއްޖޭގައި އިފްތިތާޙުކޮށްފި

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގައިނައިޒޭޝަން (އެފްއޭއޯ) އާއި ގްލޯބަލް އެންވައިރަމަންޓް ފެސިލިޓީ (ޖީއީއެފް) އިން އިސްނަގައިގެން މުޅި ދުނިޔޭގައި ހިންގުމަށް ހަމަޖެހިފައިވާ "ކްލީން އެންޑް ހެލްތީ އޯޝަން" މަޝްރޫއު ދިވެހިރާއްޖޭގައި މިއަދު އިފްތިތާހު ކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހުކުރުމާއި، މި މަޝްރޫއާއި ގުޅޭ ވޯކްޝޮޕްތައް ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި އެވެ. މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފެވެ.
މި މަޝްރޫއަކީ ދުނިޔޭގެ ފެންވަރުގައި ހިންގާ 109 މިލިއަން ޑޮލަރުގެ "ޖީ.އީ.އެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓެޑް ޕްރޮގްރާމް" ގެ ދަށުން ހޮވާލެވުނު 13 ގައުމީ މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ. އެމްއެންޔޫ އިން މައުލޫމާތު ދޭ ގޮތުގައި، މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 49 މިލިއަން ޑޮލަރަށްވުރެ ގިނަ އިން-ކައިންޑް ކޮންޓްރިބިއުޝަނާއެކު ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ