ރާއްޖެެއަށް 7 ކިލޯގެ ޑުރަގް އެތެރެކުރި މީހުން ހޯދަން ބޮޑު އޮޕަރޭޝަނެއް: ފެނުނީ އިތުރު 13 ކިލޯ ޑުރަގް

މާލެ ސަރަހައްދުގައި ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށްވުރެ ގިނަ ޑުރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ޑުރަގް އަތުލައިގަތީ މި މަހުގެ 4 ވަނަ ދުވަހު ރާއްޖެ އައި ފްލައިޓަކުން އެތެރެކުރި 7 ކިލޯގެ ޑުރަގާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް 13 ކިލޯއަށްވުރެ ގިނަ ޑުރަގް ހޯދައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:
ފުލުހުން ބުނީ، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރާއިފަށް ތިން ދުވަސް އަދި ބަންގްލަދޭޝްގެ ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ