އަގުހެޔޮކޮށް މުދާ ގަންނަން ވިލާ މާޓުގެ ހަފްތާ ބަންދު ޕްރޮމޯޝަން

މަޝްހޫރު ރީޓެއިލް އަދި ގްރޯސަރީ ޗެއިން، ވިލާ މާޓުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހު ކުރިއަށްގެންދާ ހާއްސަ ވީކެންޑް އޮފާގެ ދަށުން ގިނަ ބާވަތްތަކަކުން ބޮޑެތި ޑިސްކައުންޓުތަކެއް ދެ އެވެ. މި އޮފާގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ދުވަހުން ދުވަހަށް ބޭނުންވާ މުހިންމު ތަކެތި، ފެންވަރު ރަނގަޅުކޮށް އަދި ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.
މި ވީކެންޑް އޮފާގެ ދަށުން ލިބޭ ބާވަތްތަކުގެ ތެރޭގައި ތާޒާ މޭވާ އާއި ތަރުކާރީ، ކުކުޅުގެ ބާވަތްތަކުގެ އިތުރުން ޓޮމާޓޯ ޕޭސްޓް ފަދަ ބަދިގެއަށް ބޭނުންވާ މުހިންމު ސާމާނު ހިމެނެ އެވެ. ވިލާ މާޓުން ބުނި ގޮތުގައި، މިއީ ކޮންމެ ހަފްތާއަކު ވެސް އާ ސްޓޮކް ގެނެސް، ތާޒާކަމާ އެކު ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ އަގުތަކެއްގައި މުދާ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ސަބަބުން ގޭބީސީތަކުގެ ހަރަދުތައް ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެ އެވެ.
ވޭތުވެދިޔަ އެއް އަހަރު މެދުކެނޑުމެއް ނެތި ކުރިއަށްގެންދާ މި އޮފާއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ތަނުން ފާހަގަކުރެ އެވެ. މިއީ ހާއްސަކޮށް ހުކުރު ދުވަހުގެ ބޮޑު ކެއުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި ކުރިއަށް އޮތް ހަފްތާއަށް ބޭނުންވާ ސާމާނު އެއްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް މިފަދަ އޮފާތަކެއް ހުރުމަކީ ވިޔަފާރިވެރިންނާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވާ ކަމެކެވެ.
ވިލާ މާޓުގެ ފަސް މާޓެއް މާލެ އަދި ހުޅުމާލޭގައި ހުރެ އެވެ. އެއީ މާލޭގެ ފަރީދީމަގު، މަޖީދީމަގު، ރެހެންދި ހިންގުން، ސޯސަންމަގުގެ އިތުރުން ހުޅުމާލެ ފޭސް 2ގެ ޓަވަރު 14 އެވެ. މި ހުރިހާ ފިހާރައަކީ ވެސް 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ކަމަށްވުމުން، ކޮންމެ ވަގުތަކު ވެސް ކަސްޓަމަރުންނަށް ވިޔަފާރިކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް އެ މީހަކު ބޭނުން ގަޑިއެއްގައި ވިޔަފާރިކޮށްލުމަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.
އެންމެ ރަނގަޅު އަގާއި ކޮލިޓީ އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ވިލާ މާޓުން އަންނަނީ ބައިނަލްއަގުވާމީ ބްރޭންޑްތަކާއި ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަމުންނެވެ. މިފަދަ ވީކެންޑް އޮފާތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުދާ އަގުހެޔޮކޮށް ލިބުމުގެ މަގު ތަނަވަސްވެ، ވިލާ މާޓަކީ އިތުބާރު ހުރި ވިޔަފާރިއެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ