ޑރ. އަބްދުﷲ ވަހީދު އަވަހާރަވެއްޖެ

ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
ނިއުމޯނިއާ އަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށް ޑރ. ވަހީދު، 65، އަވަހާރަވީ މިއަދު ހެނދުނެވެ. އޭނަ އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ސިއްހީ ދާއިރާއާ ވެސް ދުރުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ވަހީދަކީ ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރެވެ.
އައްޑޫ މީދު އަށް އުފަން ޑރ. ވަހީދަކީ ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ރައީސްކަމާއި ހެލްތު މިނިސްޓްރީގެ އި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ބޭފުޅެކެވެ.
ޑރ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ