އުމަރު އާދަމްގެ އަގުވަޒަން ކުރުމަށް ހަފްލާއެއް ބާއްވައިފި

މިރޭ ބޭއްވި މި ހަފްލާގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މޫސާ އުމަރުމަނިކު ވަނީ ޢުމަރު އާދަމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށާއި އޭނާގެ ހިދުމަތުން ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ހުރިކަން ފާހަގަ ކުރައްވާ އެކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. 
މީގެ އިތުރުން ހަފްލާގައި ވަނީ ގިނަ ދުވަސްތަކެއްވަންދެން ފައިނު ކަތީބުކަން ކުރެއްވި ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހީމް ޙުސައިންވެސް ވާހަކަ ދައްކަވާފައެވެ. އޭނާގެ ވާހަކައިގައި ޢުމަރު އާދަމްގެ ހިދުމަތް ފެށިގެން އައިގޮތާއި އަދި ހިދުމަތް ކުރެއްވުމުގައި މަސައްކަތުގައި ގެންގުޅުއްވި ވައްޓަފާޅިއާއި ހާއްސަ ކަންކަމުގެ މައްޗަށް ތަފުސީލު ގޮތެއްގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން، އުމަރު އާދަމް އަކީ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލު ކޮށްދިނުމަށް، އެންމެ ދަތި ދުވަސްވަރުވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެއްވިއެވެ. ހާއްސަ ގޮތެއްގައި ވަޒީފާގެ އިތުރުން ކޮށްދެއްވި ކަމެއްގެ ގޮތުގައި، ރައްޔިތުންގެ އިންޖީނުގެއެއް އެޅެންދެން ރަށަށް ކަރަންޓް ދިނުމުގެ މަސައްކަތް ކޮށްދެއްވިކަން ފާހަގަ ކުރެއްވިއެވެ.އުމުރުން 65 އަހަރު ވުމާއި ގުޅިގެން ވަޒީފާއިން މުސްކުޅި ކުރެއްވިރު، އެ މަގާމުގައި ޢުމަރު އާދަމް ވަނީ 29 އަހަރާއި 2 މަހާއި 18 ދުވަހު މެދުނުކެނޑި ވަޒީފާ އަދާ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ