ޑރ. ޖަމީލް އިލްތިމާސްކުރެއްވީ ފުވައްމުލަކު ރައްޔިތުން ރައީސް އިބްރާހީމަށް ސަމާލުވުމަށް

ފުވައްމުލަކު ސިޓީގެ ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސަމާލުވުމަށް ޑރ. މުހައްމަދު ޖަމީލް އިލްތިމަސް ކުރައްވައިފި އެވެ.
ރައީސް އިބްރާހީމް ވައުދުވީ އެތެރޭގެ އުދުހުން އަގުހެޔޮކުރުމަށާއި، 1000 ޓޫރިސްޓް އެނދު ގާއިމުކުރުމަށާއި، ބައިނަލްއަގްވާމީ ފެންވަރު އައިސީޓީ ސެންޓަރު ހެދުމާއި، ކްރިކެޓް ދަނޑާއި، ވޯލްޑް ކްލާސް ސިންތެޓިކް ޓްރެކާއިއެކު، ފުޓްބޯޅަ ސްޓޭޑިއަމަކާއި، ގައުމީ ފެންވަރުގެ އިންޑޯ ސްޑޭޑިއަމްގެ އިތުރުން ރައްކާތެރި ފަތާ ފެންގަނޑަކާއި، ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރި ހެދުން ކަމަށެވެ.
"ރިއެކްޓް ބަޓަން ފެއިލްވެފައި. ކެމްޕެއިނަށް މިހާރު ކުއްލިޔަކަށް އިބޫ ގެ އާމަންތްރާއެއް. 'ދެން ދައުރެއްގައި ވަރަށް ހާއްސަ ކަންތަކެއް' ތިއަތޮޅަށް. އެމްނީސިއާއިން ކުއްލިޔަކަށް ރެސްޕޮންޑު ކުރަނީޔޯ،" ޑރ. ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
"އިބޫއަށް ވޯޓްދީ ނުވަތަ ހޯދަން މަސައްކަތްކޮށް ކުރުން ހެޔޮނުވާނެ. އިބޫއަށް ނޫނެކޭ ބުނެ ބަލިކުރެވެން އޮތްކޮންމެކަމެއް ކުރުން ވެގެންދާނީ ހެޔޮ އަމަލަކަށް! އިބޫގެ ވެރިކަން ނިމެނީ، ނިމެނީ،" ޖަމީލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ