ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގުޅީގައި ބެހެއްޓި ފޮށި ފިޔަވައި އެހެން ވޯޓުފޮށިތަކުން ލިބުނު ނަތީޖާތަކަށް ބަލާއިރު ޝާޒް ވަނީ 1،340 ވޯޓު ހޯއްދަވާފައެވެ. ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓް ރިޒާއަށް ލިބިފައި ވަނީ 1،226 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިފައި ވަނީ 128 ވޯޓެވެ.
މިއީ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީން ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ގުރައިދޫ ދާއިރާގެ ތާރީހު ބަދަލުކޮށް، އެމްޑީޕީން ގޮނޑި ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ