އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން ދާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވަލުމަށް ފަހު އުރީދޫން ބުނީ އަންނަ މަހުގެ އެކެއްގެ ނިޔަލަށް ބައިބެރިވުނުގެ ފުރުސަތު ދެމި އޮންނާނެ ކަމަށެވެ.
އަދި އުރީދޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ ވޮތަށް ހަމަޖެހިފައިވާނޭ ކަމަށާއި ފޯމް ހުށަހަޅާ އިރު ޓީމުގެ ބައިވެރިންނަށް 150ރ. އަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ. އަދި މަސްރޭސް ކިޓުގައި ކޯރި އާއި ޓީޝާޓެއް ހިމެނޭނޭކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ މަސްރޭހުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން ބާއްވާ މި އަހަރުގެ “އުރީދޫ މަސް ރޭސް” ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުން އެމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތް އޮގަސްޓް ހަތަރުވަނަ ދުވަހު ފަށާނީ މާލެއިންނެވެ. އަދި އޮގަސްޓު 11 ވަނަ ދުވަހު ރޭސް ކުޅުދުއްފުށީގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު، އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ރޭސް އޮންނާނީ އައްޑޫގައެވެ. އަދި އެ މަހުގެ 25 ގައި ރޭސް ކުރިއަށް ގެންދާނީ ފުވައްމުލަކުގަ އެވެ.
މި އަހަރުގެ މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާ އިރު، މުބާރާތުގައި ބައިބެރިވާ ކޮންމެ ސިޓީއަކަށް ވެސް ޖުމްލަ 75،000ރ. ރުފިޔާގެ އިނާމު ދޭނެ އެވެ.
ކޮންމެ ސިޓީއަކުން އެއް ވަނަ، ދެވަނަ ތިން ވަނަ ޓީމު ހޮވައި އަދި އެންމެ މޮޅު މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާ ވެސް ހޮވަން ވަނީ ނިންމާފައެވެ.
އެގޮތުން އެއްވަނަ ޓީނަށް 25،000ރ ދޭން ނިންމާފައިވާއިރު، ދެ ވަނަ ޓީމަށް 10،000 ރ އަދި ތިންވަނަ ޓީމަށް 5،000 ރ ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ، އަދި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1،000ރ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އުރީދޫން ބުނީ މި މަސް ރޭހުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު، ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށެވެ.
އަދި މި އަދަދަށް ވުރެ ގިނަވެއްޖެ ނަމަ ބައިވެރިވާ ޓީމުތައް ހޮވާނީ ގުރުއަތުން ކަމަށާއި ގުރިއަތުނެގުމަށް ފަހު ފުރުސަތު ނުލިބޭ ޓީމުތަކަށް ފުލް ރިފަންޑް ދޭނެ ކަމަށް އުރީދޫން ބުނެއެވެ.
“ބިންވެރިޔާ ސްކީމް”ގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި އަރަފާތު ދުވަހުގައި ރޯދަ ހިފުމުހެ މާތްކަން ދަ ޑިމޮކްރެޓްސް އާއި ޕީއެންސީ ކޯލިޝަނުގެ ވަރުގަދަ ޖަލްސާއެއް މި މަހު 03 ވަނަ ދުވަހުގެރޭ! ޖުމްހޫރީ ޕާޓީގެ ށ ދާއިރާގެ ރައީސް އާއި ކެމްޕެއިން މެނޭޖ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ