ގިނަ އަނިޔާ ލިބެމުންދާއިރުވެސް ގާސިމް ހުންނެވީ ސާބިތުކަން މަތީ - މަހްލޫފު

ސިޔާސީ މައިދާނުގައި ހިނގަމުން އަންނަ ކަންކަމާއިހުރެ އާއިލާ އާއި އަމިއްލަފުޅު ވިޔަފާރިއަށް އަނިޔާ ލިބެމުން އަންނައިރުވެސް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނެވީ ސާބިތުކަން މަތީގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޖޭޕީ އަށާއި އެ ޕާޓީ އުފެއްދި ގާސީމް އަށް މަރުހަބާ ދަންނަވާ މަހްލޫފް ވިދާޅުވީ އެހާ ދަތި ހާލަތްތަކުގައިވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ސާބިތުވެ ހުރީތީ ގާސިމްއަށް ޝުކުރު ދަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާސިމްއަކީ ރާއްޖެގެ ސިޔާސީ މައިދާނުގައި ވަރަށް އިސް ރޯލެއް އަދާކުރާ ބޭފުޅެއް ކަމަށެވެ.
މަހުލޫފުގެ އިތުރުން އިދިކޮޅު ގިނަ ފަރާތްތަކެއް ވަނީ ރޭގެ ޖަލްސާގައި، ގާސިމްގެ މަސައްކަތްފުޅަށް ގިނަ ތައުރީފު ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ގާސިމްގެ މައްޗަށް ދައުވާކޮށް ވަނީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު ގާސިމް ވަނީ ޖަރުމަނަށް ވަޑައިގެން އެކޮޅަށް ދިރިއުޅުން ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ