އިބޫ އިންތިހާބު ކާމިޔާބު ކުރާނީ 80 ޕަސެންޓް ވޯޓާ އެކު - ގާސިމް

މިއަހަރުގެ ރިޔާސީ އިންތިހާބު، އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރައްވާނީ 80 ޕަސެންޓަށްވުރެ މަތީ ވޯޓާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މާލޭ ކާނިވާ ސަރަހައްދުގައި ރޭގައި ބޭއްވި ޖަލްސާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކާނިވާ ސަރަހައްދަށް އެއްވެފައި ތިބި މީހުންގެ އަދަދުންވެސް މިއަހަރު އިންތިހާބު ކާމިޔާބު ކުރާނެ ފަރާތް އެނގިގެންގޮސްފި ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓްލާނީ އިއްތިހާދުގެ ކެންޑިޑޭޓަށް ކަމަށެވެ. ންސާފުގެ މަގަށް މިކުރާ ދަތުރުގައި ހުރިހާ ރައްޔިތުންވެސް އިއްތިހާދުގެ އޮޑިއަށް އެރުމަށް ގާސިމް އިބްރާހިމް ގޮވާލެއްވިއެވެ.
ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްސަސާތަކުގެ ބޭފުޅުންވެސް ބިރުފަހަނައަޅައި ނުކުމެވަޑައި ގަތުމަށާއި، އެއްގޮތަކަށްވެސް ޖެހިލުންވެވަޑައި ނުގަތުމަށެވެ.
"ގައުމާއި އުންމަތް ސަލާމަތް ކުރުމަށްޓަކައި، ދީން ސަލާމަތް ކުރުމަށްޓަކައި، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތް ކުރުމަށްޓަކައި، ދަރަނިތަކުން ސަލާމާތްކުރުމަށް ނުކުންނަން އެބަޖެހޭ. 23 ސެޕްޓެމްބަރުގައި ވޯޓްލައި މިކަން ނިންމަންޖެހޭ. ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބިގެންދާނީ ހައްގުގެ މަގަށް،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ