ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ދެމެހެއްޓުމަށް ޓަކައި ޕީޕީއެމް ވަރުގަދަ ކުރަން ޖެހޭ ކަަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރައްޔިތުންްގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނާއި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕީޕީއެމްގެ މެންބަރުންނާ އަދި އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ސީ ހައުސްގައި އިއްޔެ މެންދުރު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރު ދެމެހެއްޓުމަށް ޓަކައި ޕާޓީގެ މެންބަރުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން ސަރުކާރު ދެމެހެއްޓުމަށް ޓަކައި ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެބްބަރުންނާއި ކައުންސިލް މެންންނާއި އަދި އާންމު މެންބަރުން އެހީތެރިވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި އެވެ.
މައުމޫން ވިދާޅުވީ ސަރުކާރު ދަމަހައްޓައި ޕާޓީ ހަރުދަނާ ކުރުމަށް ޓަކައި އެނެމެ ބޮޑު އިސްކަމެއްދޭން ޖެހިފައި ވަނީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ކަމަށެވެ. އެހެން ކަމުން އެކަމުގައި ވެސް ޕާޓީގެ މެންބަރުން އެހީތެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އިން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ވޭތުވެ ދިޔަ ދުވަސްތަކުގައި ހޯދާފައިވާ ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބު މައުމޫން ފާހަގަ ކުރެއްވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ކައުންސިލު އިންތިހާބާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެ ޕާޓީ އަށް ކާމިޔާބު ވެފައިވާތީ މިހާރު އެ ޕާޓީގެ ޒިންމާތައް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ސަރުކާރުންވާ ވަޢުދުތައް ފުއްދުމަށާއި ސަރުކާރު ދެމެހެއްތުމަށް ޕާޓީގެ ހުރިހާ މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ސަރުކާރު ދެމެހެއްޓުމަށް ޕީޕީއެމް ވަރުގަދަކުރަން ޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ