ރައީސް އަބްދުﷲ ޔާމީންގެ ކަންފަތްޕުޅު މަޑު ނަންގަވާ ސާފު ކުރެއްވުމަށާއި 2018 ވަނަ އަހަރު ރައްޔިތުން އަދަބު ދޭނެ ކަމަށް އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ އޭނާ ކުރެެއްވި ޓުވީޓެއްގައެވެ. ރިޔާޒު ވިދާޅުވީ ގާނޫނު ތަކާ ހިލާފަށް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ވާދަވެރިން ބަންދު ކުރުމުން އެވާހަކަ ދައްކާނެ ކަމަށެވެ. ރައްޔިތުންގެ އަޑު ނޭހުމުގެ އަދަބު ރައްޔިތުންގެ މަންދޫބުން މިހާރު ވެސް ދީފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒުގެ މި ޓުވީޓަކީ އިއްޔެ ރައީސް ޔާމީން ވެލިދޫގައި ދެއްކެވި ވާހަކަ ފުޅަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެކެވެ.
ނ.ވެލިދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަ ދައްކާ ނަމަ އެމަނިކުފާނުގެ ކަންފަތްޕުޅު ވަރަށް ތޫނުވާނެ ކަމަށެވެ. ނަމަވެސް ވަކި މީހަކު ބަންދުގައި ހުރެގެން އެކަމަށް ލުޔެއް ނުލިބިގެން ނުވަތަ ވަކި ތަނެއްގައި މުޒާހަރާ ނުކުރެވިގެން ވާހަކަ ދައްކާ ނަމަ ވަރަށް ފުނާ ޖެހެންދެން އެމަނިކުފާނުގެ ކަންފަތުން މަޑު ނަގަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ފެއްސާ ރަތާ ހުދުގެ ކަންތައްތައް އެކުލެވިގެން މުޅި ގައުމީ އެޖެންޑާއެއްގެ ވާހަކަ ދައްކަވާނަމަ އަޅުގަނޑުގެ ކަންފަތް ވަރަށް ތޫނުވާނެ. އެކަމަކު ވަކި ތަނެއްގައި މުޒާހަރާ ނުކުރެވޭ ވާހަކަ ދައްކާނަމަ، ވަކި މީހަކު ބަންދުގައި ހުރެގެން އޭނައާއި ދޭތެރޭގައި ލުއި ގޮތެއްގެ ވާހަކަ ކަމަށް ވަންޏާ ހަމަ ޖެހޭނީ އަޅުގަނޑުގެ ކަންފަތުން ވަރަށް ފުނަށް ދަންދެން މަޑު ނަގަން ކަމަށެވެ.
ރައީސް ޔާމީނަށް 2018 ވަނަ އަހަރު އަދަބު ދޭނެ - ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ