ޖެނިވާގައި ބޭއްވި ބައްދަލުވުން ތަކަކީ ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް- އަހުމަދު ޝިޔާމް

ޖެނިވާގައި ބޭއްވި ބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ވަފުދެއް މިހާރު ސުވިޒަލޭންޑަށް ކުރައްވާ ދަތުރުފުޅުގައި، ޖެނީވާއަށް ވަޑައިގެން އެޤައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ގިނަ ކަންކަމް ހާމަކޮށް، މަޝްވަރާތައް ވަނީ ކޮށްފައެވެ.
އެގޮތުން އދ،އަށް ބައެއް ގައުމުތަކުން ކަނޑައަޅާފައިވާ މަންދޫބުންނާއި ބައްދަލުކުރައްވައި، އަހުމަދު ޝިޔާމް ވަނީ ވަރަށް ކާމިޔާބު ބައްދަލު ވުމެއް ކަމަށް ވިދާޅުވެ، ޓްވީޓެއް ކުރައްވައިފައެވެ.
އެ ބައްދަލުވުންތަކުގައި ޕީޕިއެމް ތަމްސީލުކޮށްފައިވަނީ ޖެނީވާއަށް ވަޑައިގެން ތިއްބެވި އެޕާޓީގެ ޕީޖީގެ ބައެއް މެންބަރުންނެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޕީޕީއެމް އިން ޔޫރަޕަށް ކުރާ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަކަށް ޖެނީވާއަށް ވަޑައިގެން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާ ބައްދަލުކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް، އަދި ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ވަނީ، ބައިވެރި ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ