ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރާ ބަޖެޓާއި ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާ ނުވާ ނަމަ އެއީ މައްސަލައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ ބިހުރޯޒު ކަމަނާ މިސްކިތް ހުރި ތަނުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ބަޖެޓުކޮށްފައިވަނިކޮށް އެއީ ދޮގެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައިވަނިކޮށެވެ. ރައީސް މައުމޫން ވަނީ ބަޖެޓާ މިނިސްޓަރުންގެ ވާހަކަ ދިމާ ނުވާނަމަ އެއީ މައްސަލައެއް ކަމަށާއި އެކަން ސާފުކޮށް ދެއްވުމަށް ގޮވާލައްވާފައެވެ. Ministarun vidhālhuvā echchakā sarukārun husha elhuvvi budget gai vā echchakā dhimānuvā nama eī bodu massalaeh. Olhun filuvvā dhevvā!— Maumoon Abdul Gayoom (@maumoonagayoom) November 28, 2017
ބިހުރޯޒު މިސްކިތާއި މަސްޖިދުލް އާދިލްގައި 12 ބުރި މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ކޮންމެ މަޝްރޫއަކަށް ބަޖެޓުގައި ފަސް މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަލަށް ފަށާ އެ ދެ މަޝްރޫއު ހިމަނާފައިވަނީ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ދެ މަޝްރޫއުގެ ގޮތުގައެވެ. ދެ މަޝްރޫއަކީވެސް އައިޑީބީގެ އެހީގައި ކުރިއަށް ގެންދާ ދެ މަޝްރޫއެވެ.
ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ޑރ.ޒިޔާދު ރޭ ވިދާޅުވީ ބިހުރޯޒް ކަމަނާ މިސްކިތް މިހާރު ބަންދުކޮށްފައިވަނީ އެތަނުން ގަބުރު ފެނުމުން ކަމަށާއި އެކަން ރަނގަޅު ކުރުމަށްފަހު މިސްކިތުގެ ގޯތިތެރެ ހިޔާކުރުމަށް ނިންމާފައިވާ ކަމުގައެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތް ތަޅާލަން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ރައްޔިތުން މަގު ފުރެއްދުމަށް ދައްކާ ވާހަކަތަކެއް ކަމުގައެވެ.
މިނިސްޓަރުންގެ ވާހަކައާއި ބަޖެޓާ ދިމާނުވާ ނަމަ އެއީ މައްސަލައެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ