މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީ އަލުން އެކުލަވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީގެ މުއްދަތު ހަމަވެފައިވާތީ، އެ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަލުން އެކުލަވައިލައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ކޮމިޓީގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގަލޮޅު ވައިޖެހޭގެއާގޭ ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މާފަންނު އެމޭޒަން ޑޮކްޓަރ މަރްޔަމް ސުޒީ އާދަމާއި، މާފަންނު ހުކުރަދިގޭ ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.
ޙާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ