ހިސްޓޯއާއި އާރިފުގެ ވާހަކަތަކާއި މެދު މައުމޫނު ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި ކަމަށް ހަބަރު ފެތުރިއްޖެ

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ފާޑު ވިދާޅުވެފައިވާތީ ރައީސް މައުމޫނު ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އެޕާޓީން ދޮގުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ރައީސް މައުމޫނު އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާތީ މެސެޖު ކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
ރައީސް މައުމޫނު ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފައިވާ އިރު ރައީސް މައުމޫނު ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި ކަމަށް މީޑީއާގައި ވިދާޅޫވެފައިވަނީ އުމަރު ނަސީރުގެ ކެމްޕޭން މެނޭޖަރަކަށް އުޅުއްވާ މާޒް އަހުމަދު ސަލީމެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސަލީމު ވިދާޅުވީ، ރައީސް މައުމޫނު ހިތްހަމަނުޖެހުން ފާޅު ކުރެއްވީ އެވާހަކަތަކާއި ގުޅިގެން މައުމޫނާއި ރައީސް ވަހީދާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާތީ ކަމަށެވެ. އަދި އެދެމެމްބަރުން ރައީސް ވަހީދަށް ފާޑު ވިދާޅުވި އިރު ސަރުކާރަށް ފާޑު ނުކިއުމަށް އެޕާޓީން ނިންމާފައިވާނެ ކަމަށް ސަލީމު ވިދާޅުވިއެވެ.
"އުމަރު ހިލާފުވީމާ އޭނާއާއި މެދު ފިޔަވަޅު އެޅޭ، އެކަމަކު ހިސްޓޯއާއި އާރިފާ މެދު ފިޔަވަޅެއް ނޭޅޭ، މިއީ ތަފާތު ކުރުމެއް ނޫންތޯ،" މާޒް ސަލީމު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ