ފޭދޫ ދާއިރާގެ އިންތިޚާބުގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް އެ ކޯޓުން ތާވަލްކޮށްފި އެވެ. ފޭދޫ ދާއިރާގެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީން އެ ދާއިރާ އަށް ވާދަކުރެއްވި މުހައްމަދު ނިހާދެވެ. އެ މައްސަލަ ބާއްވަނީ މާދަމާ މެންދުރު 2:15 ގަ އެވެ. އެ މައްސަލަ ނިހާދުގެ ފަރާތުން ފުރަތަމަ ހުށަހެޅުމުން ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ރެޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށް ދިނުމަށް އެދި ނިހާދުގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވުމުން މައްސަލަ ބަލައިގަތީ އެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. ފޭދޫ ދާއިރާގެ މައްސަލަ ބަލައިގެންފައިވާއިރު މީދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ވެސް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގައި ހައި ކޯޓަކީ ފުރަތަމަ އަދި ފަހު ބަސް ބުނާ ކޯޓެވެ. އެ ބާވަތުގެ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ބަލައި ނިންމަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ