ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ކުރި ސުލޫކީ މައްސަލަ ސާބިތުކުރުމަށް ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ރިއާޔަތްކުރި ހުރިހާ ޑޮކިއުމަންޓްތަކެއް ސިވިލް ކޯޓަށް ހުށަހެޅުމަށް ކޯޓުން އަމުރުކޮށްފިއެވެ.                        
މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޖޭއެސްސީގެ ފަރާތުން ވަކާލާތުކުރެއްވި ވަކީލު އަބްދުލް ފައްތާހު ވިދާޅުވީ، އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ވިދާޅުވި ނަމަވެސް، އެމައްސަލާގައި ޖޭއެސްސީއިން ވަނީ ގޮތެއް ނިންމާފައި ކަމަށެވެ. އަދި ގާނޫނު އަސާސީއިން ޖޭއެސްސީއަށް ގޮތެއް ނިންމުމުގެ ބާރު ލިބޭ ކަމަށާއި، އެހެންކަމުން ޖޭއެސްސީއިން އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ފާސްކުރުމުން، އެމައްސަލަ ސާބިތުވީ ކަމަށެވެ.
ރައްދުދެއްވަމުން އަބްދުﷲ ގާޒީގެ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވީ ޖޭއެސްސީއިން މީހެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ފާސްކުރުމުން، އެކަން ސާބިތުވާ އުސޫލުން ކަންކުރުމަކީ ޝަރުއީ ހަމަތަކުން ބަލާއިރު، ބަލައި ގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ މަރިޔަމު ނިހާޔަތު ވަނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތުކުރުމަށް ޖޭއެސްސީއިން ރިއާޔަތްކުރި ހުރިހާ ޑޮކިއުމެންޓެއް، ލިޔެކިޔުމާއި ވީޑިއޯ ހިމެނޭ ގޮތަށް މިއަންނަ ބުރާސްފަތު ދުވަހުގެ 12:00 ގެ ނިޔަލަށް ސިވިލް ކޯޓަށް ހުށަހެޅުމަށް އަމުރުކޮށްފައެވެ.
    
    އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައިގެ ޑޮކިއުމަންޓުތައް ހުށަހެޅުމަށް ކޯޓުން އަމުރުކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            