ކޮމެޓީގެ ރިޕޯޓު ނިންމާނީ ދެރައީސުންނަށް ވެސް ފުރުސަތު ދިނުމަށްފަހު: އަލީ ވަހީދު

ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން މިހާރު ކުރަމުން ގެންދާ މަސައްކަތް ނިންމާ ރިޕޯޓު އެކުލަވާލާނީ ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް ވެސް ކޮމެޓީއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ވަހީދަށް ޖަވާބުދާރީވުމަށް ކޮމެޓީން ދީފައިވާ މުއްދަތު މަޖިލީހުން އެދެބޭފުޅުންނަށް ސިޓީ ނުފޮނުވާ އުޅެނިކޮށް ހަމަވާ ކަން މަޖިލީހުގެ ރިޔާސަތުން އަންގާފައިވާ ކަމަށެވެ.
" ޕްރޮޓޮކޯލް އޮންނަ ގޮތަކީ މަޖިލީހުން ރައީސުންނަށް ކަންކަމުގައި އެދޭ އިރު މަޖިލީހުގެ ރައީސް ސޮއި ކުރައްވަން ޖެހޭނީ، ރައީސް މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި އެހެންވެ އެގޮތަށް އަންގާފައި އޮތީ. އަޅުގަނޑުމެން ކޮންމެ ގޮތެއް ވިޔަސް އެދެބޭފުޅުންނަށް ފުރުސަތު ނުދީއެއް ހުއްޓައެއް ނުލާނަން. އެހެންވެ ކުރިން ދީފައި އޮންނާނީ މިދިޔަ މަހުގެ 31 ނިޔަލަށް، ހަމަ އެމުއްދަތު އަނެއްކާ ވެސް ދޭނަން. އެއަށްފަހު ނިންމާނީ ކޮމިޓީގެ ރިޕޯޓު،"އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ކޮމެޓީން ކުރިން ނިންމާފައިވާ ގޮތުގައި ކޯނީގެ ރިޕޯޓު ދިރާސާކޮށް މިމަހުގެ 20 ވަނަ ދުވަހަށް ރިޕޯޓު އެކުލަވާލެވޭނެއެވެ.
ކޯނީގެ ރިޕޯޓުގެ ދިރާސާ މަސައްކަތްތައް ނިންމާލާނީ ރައީސް ނަޝީދާއި ރައީސް ވަހީދަށް ފުރުސަތު ދިނުމަށްފަހު ކަމަށް ވިދާޅުވެފައިވާ އިރު ކޮމެޓީންވަނީ ސަލާމަތީ ބާރުތަކުގެ އޭރާއި މިހާރުގެ ވެރިން ކޮމެޓީއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ