ރާއްޖެއަށް ގެނެސްފައިވަނީ އައު ވައްތަރެއްގެ "ބަޣާވާތެއް" ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ

މުޙައްމަދު ޖިނާޙް އަލީ
ރާއްޖެއަށް ގެނެވިފައިވަނީ ބަޣާވާތެއްކަމަށާއި ނަމަވެސް އެއީ އެހެންޏާ ގެންނަ ވައްތަރުގެ ބަޣާވާތެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސްޕެޝަލް އެޑްވައިޒަރ ޑރ. ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތްގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ދާދިފަހުން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށްފަހު އެޤައުމުގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ. ހަސަން ސައީދު ވިދާޅުވީ "ރާއްޖެވެގެން މިދިޔައީ އާ ކެޓަގަރީ އޮފް ކޫއަކަށް" (ބަޣާވާތަކަށް) ކަމަށާއި "ވެރިކަމަށް މިއައީ ކޮންސްޓިޓުއުޝަންގައި އޮންނަ ރޫޓުން އަންނަ މީހެއް. އެހެންވީމާ މިއީ ވަރަށް ޔުނީކް ކޭސްއެއް" ކަމަށެވެ. ޑރ. ހަސަން ސައީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރާއްޖޭގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށާއި މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ނޫންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ ދެ ދުވަސް ކުރިން ވެސް ޑރ. ހަސަން ސައީދުގެ އޯޑިއޯ ކްލިޕެއް ވަނީ ލީކުވެފައެވެ. އެކްލިޕްގައި ރައީސް ވަހީދަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ނާޤާބިލް ސިޔާސީވެރިޔާކަމަށް ވިދާޅުވެ އެމަނިކުފާނަށް މަލާމާތުގެ ބަސްތައް ރައްދުކޮށްފައިވެއެވެ. ބައެއް މީޑިޔާތަކަށް ޑރ. ހަސަން ވިދާޅުވެފައިވަނީ ލީކުވެގެން އުޅޭކަމަށް ބުނާ އޯޑިއޯ ކްލިޕަކީ އެޑިޓްކޮށްފައިވާ އެއްޗެއް ކަމަށެވެ.http://www.youtube.com/watch?v=j7eFhuVjKds
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ