އުނގޫފާރު ދާއިރާގެ ގޮނޑި އަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި އަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ. މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ގޮނޑި ތަމްސީލްކުރެއްވި މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރިކޮށް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެމްޑީޕީން ބުނީ އެ ގޮނޑި އަށް ވާދަކުރަން ބޭނުންވާ މީހުން މާދަމާ ހަވީރު 00: 4 ގެ ކުރިން، ކުރިމަތިލުމަށް އެދޭ ފޯމާއެކު ވަނަވަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ގޮނޑި އަށް އެ ޕާޓީން ވާދަކުރުމަށް އެކަކަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ވާދަކުރާނެ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެ ޕްރައިމަރީ ބާއްވަން އެމްޑީޕީން ހަމަޖައްސާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އުނގޫފާރު ދާއިރާގެ ގޮނޑި އަށް މެމްބަރަކު ހޮވުމުގެ އިންތިހާބު އަންނަ ޑިސެމްބަރު 1 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ