ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްދު ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ވައްދައިފި އެވެ.
އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދީ ނ. ވެލިދޫ އެލްޕާސޯ މުހައްމަދު ހަލީމެވެ.
ގާނޫނީ ވަކީލު މުހައްމަދު ހަލީމް ހުށަހެޅި މި ދައުވާގައި ބުނަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަމްބަރާ ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.
"އަޅުގަނޑު މި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ވައްދައިފިން. މައްސަލަ ވެއްދީ ހުކުމާ އެއްގޮތަށް ސާބިތު ފައިސާ ނުދައްކާ އޮތުމުން. އެހެންވީމަ ކުރިން ވެސް އެގޮތް މެދުވެރިވި މެންބަރަކަށް އަމަލުކޮށްފައިވާ ގޮތަށް ހަމަހަމަ ކަމާއެކު މި ދެބޭފުޅުންގެ މައްސަލައިގައި ވެސް އަމަލު ކުރާން ޖެހެނޭތީ ދައުވާ ހުށަހެޅީ،" ހަލީމް ވިދާޅުވި އެވެ.
ހަލީމްގެ ދައުވާ އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ބުނީ އެ ދެ ބޭފުޅުންގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށް މިއަދު މައްސަލަ ވައްދާފައިވާ ކަމަށެވެ.
"މައްސަލަ އަދި އެ ވަނީ. އެ ފޯމާމެދު ކަންކުރާނެ ގޮތެއް އަދިއެއް ނުނިންމަވާ،" ޖުޑިޝަރީގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
މިމައްސަލަ ކޯޓަށް ވެއްދި އިރު ނާޝިޒާއި އާޒިމްގެ ހިމެނި ވަޑައިގަންނަވާ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބީއެމްއެލް އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ދި ވެހި ބޭންކަން ދީފި އެވެ.
ފުނައްޑޫގެ ނަމުގައި ނެގި ފަސް ލޯނަށް 117 މިލިއަން ރުފިޔާ އަރަ އެވެ. އަދި ފައިސާ ނުދެއްކުމުން އިންޓަރެސްޓާ އެކު 206 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. މި ލޯނުތަކަށް ގެރެންޓީ ދެއްވާފައި އާޒިމާއި ނާޝިޒާއި މ. ރަފީގުގޭ، އަހުމަދު ރަޝީދު އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.
ނާޝިޒާ އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ