މޫސާ އަލީ ޖަލީލާއި ފަސީހު ހާޒިރުކުރާ 241 ކޮމެޓީ ސިއްރުކޮށްފި
މިދިޔަ ހޯމަ ދުވަހުގެ ރޭ ސަލާމަތީ ބާރުތަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކުރި މައްސަލަ އާއި މިހާރު މާލޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ އަށް ހާޒިރުކުރަން މިއަދު ނިންމާފައިވީ ނަމަވެސް އެ ކޮމެޓީން ދެންމެ ސިއްރުކުރަން ފާސްކޮށްފި އެވެ. އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ މި ކޮމެޓީ ސިއްރުކުރަން ނިންމުމަށް ފަހު، މިހާރު ވަނީ ޗީފް އޮފް ޑިފެންސް ފޯސް ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކުރަން ފަށައިފަ އެވެ. ޕޮލިސް ކޮމިޝަނަރު ހާޒިރުކުރަން ނިންމާފައި ވަނީ މެންދުރު 00: 2 އަށެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކީ މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމެވެ. ނާއިބު މުގައްރިރަކީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ