ވޯޓަކާ ނުލައި މަސީގެ ރައީސް ކަމަށް އަބްދުﷲ މުހައްމަދު

ވޯޓަކާ ނުލައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަންސް އިންޑަސްޓްރީ (މަސީ)ގެ އާ ރައީސް ކަމަށް އަމީން ކޮންސްޓްރަކްޝަންސްގެ ވެރިޔާ އަބްދުﷲ މުހައްމަދު ހޮވައިފި އެވެ.
މަސީގެ ރައީސް ކަމަށް އަބްދުﷲ މުހައްމަދު ހޮވިވަޑައިގަތީ ޝީ ބިލްޑިންގައި ބޭއްވި މަސީގެ އަހަރީ ޖަލްސާގައި އެވެ. އަބްދުﷲ މުހައްމަދު ރައީސް ކަމަށް ހޮވިވަޑައިގެންނެވީ މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހް (ޖަނާ) އެ އެސޯސިއޭޝަންގެ ރައީސްކަން ދެ ދައުރުގައި އަދާ ކުރައްވުމުން އިތުރަށް އެމަގާމުގައި ހުންނެވުމުގެ ފުރުސަތު ނުލިބިވަޑައި ނުގަންނަވާތީ އެ މަގާމަށް އަބްދުﷲ މުހައްމަދާއެކު އިތުރު ބޭފުޅަކު ވާދަ ނުކުރެއްވުމުންނެވެ.
މަސީގެ އަހަރީ ޖަލްސާގައި މަސީގެ ނައިބް ރައީސުންނަށް ހޮވިވަޑައިގެންނެވީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި އެލިއާ ކޮންސްޓްރަކްޝަންސްގެ އަލާއު އަލީ އާއި އަލިހަވާސާ އެންޑް ކާޕެންޓްރީ ކޮމްޕެނީގެ އަދްނާން ހަލީމެވެ. މި ދެބޭފުޅުން ވެސް މަގާމަށް ހޮވިވަޑައިގަތީ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އޮޓޮމެޓިކް ކޮލިފިކޭޝަނެއްގަ އެވެ. މަސީގެ ޓްރެޝަރާގެ މަގާމަށް ހޮވިވަޑައިގަތީ ވެސް ހަމައެހެން މަގާމުތަ އެކަނި ވާދަ ކުރެއްވި ޖައުސާ ކޮންސްޓްރަކްޝަންސްގެ މުހައްމަދު ޖިލްވާޒް ޖައުފަރެވެ. ނައިބް ޓްރެޝަރާއަކަށް އައިމާ ކޮންސްޓްރަކްޝަންސްގެ މުހައްމަދު އަބްދުލް އަޒީޒެވެ.
މަސީގެ ބޯޑު މެންބަރުންނަށް ކުރިމަތިލެއްވީ މަސީގެ ކުރީގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ އެލީސެން ސާވިސްގެ މުހައްމަދު އަލީ ޖަނާހާއި މާރިސް ކޮންސްޓްރަކްޝަންސްގެ މުހައްމަދު ސައީދާއި އާއި ސްވިފްޓް އިންޖީނިއަރިންގެ ސައުދުﷲ ހިލްމީގެ އިތުރުން ގެޑޯ އާޓިޓެކްގެ ފަޔާޒް މަންސޫރް އާއި އިނޯކާ ޕްރައިވެޓްގެ ހަސަން ޝަމީމްއެވެ. މިހުރިހައި ބޭފުޅުންވެސް ބޯޑަށް ހޮވި ވަޑައިގެންނެވީ ވޯޓާ ނުލަ އެވެ.
މިރޭގެ ޖަލްސާގައި މަސީގެ އަހަރީ ރިޕޯޓް އިއްވެވީ ނައިބު ރައީސް އަލާއު އަލީއެވެ. ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ ދެވަނަޔަށް އެންމެ ބޯޑު އިންޑަސްޓްރީއަށް ކޮންސްޓްރަކްޝަން ދާއިރާވެގެން ދިޔައީ ދިވެހި ކޮންޓްރެކްޓަރުންގެ ހީވާގި މަސައްކަތުން ކަމަށް ފާހަގަކޮށް ރާއްޖޭގެ ގިނަ އެސޯސިއޭޝަންގެ ހަރަކާތްތަށް އިތުރުވެގެން ދިޔައީ މަސީން ކުރި މަސައްކަތުން ކަމަށް ފާހަގަކޮށްފައި ވެއެވެ.
މިއަހަރުގެ ބަޖެޓް އިއްވަމުން މިދިޔަ ޓްރެޝަރާ އިބްރާހިމް މުއްތޮލިބް ވިދާޅުވީ މިއަހަރަށް ހުށަހެޅިފައިވާ ބަޖެޓަކީ 740،312 ރުފިޔާ ކަމަށައި އޭގެ ތެރެއިން މިއަހަރުގެ އެކިހަރަކާތްތަކަށް ހަރަދުވާނީ 728،529 ރުފިޔާކަމަށާއި 11،782 ރުފިޔާ މިއަހަރުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށެވެ. މިއަހަރުގެ ބަޖެޓަށް ފައިސާ ހޯދާނެ އެކިގޮތްގޮތް ވަނީ ބައިވެރިވެވަޑައިގެތް ބޭފުޅުންނާއި ހިއްސާ ކުރައްވާފައިއެވެ.
އިންޑިއާގެ މެދުތެރޭ ރަށެއް ކަމަށްވާ ޗައްޓިސްގާގައި ކޯރާޑިއަކުން ޖަހައި ނުވަ އަންހެނުން މަރާލައިފި އެވެ.
ޢުމުރުން 35 އަހަރުގެ ޕާންޑޫ ނާގޭސިއާ ނަމަކަށްކިޔާ މި މީހާ މަރާލާފައިވަނީ ޢުމުރުން ދެ އަހަރާއި ނުވައަހަރުގެ ފަސްކުދީންނާއި 25 އަހަރުގެ އަންހެނެއްގެ އިތުރުން 60 އަހަރުގެ ތިން އަންއެހުން ކަމަށް އެ ސަރަހައްދުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
ފުލުހުން ބުނީ، އެ އަވަށުގައި ދިރިއުޅޭ ނަގާސިއާގެ އަނބިމީހާ އޭނާ ދޫކޮށްލާފައި ދިއުމުން އޭނަގެ ސިކުނޑި ހަމަނުޖެހޭ ކަމަށާއި ކޯރާޑިން ޖަހައި އަވަށްޓެރީންގެ ނުވަ މީހުން މަރާލި އިރު އޭގެ ތެރޭގައި އޭނާގެ އުމުރުން ދެއަހަރުގެ ދަރިފުޅު ވެސް ހިމެނޭ ކަމަށެވެ. އޭގެ ފަހުން ކޯރާޑި ހިފައިގެން ފަހަރަކު މީހުން މަރަމުން ދުވަނިކޮށް އަތުލައިގަތީ ކަމަށްވެސް ފުލުހުންނާ ހަވާލާދީ ބުނެފައި ވެއެވެ.
ނަގާސިއާ އާއި އޭނާ ގެންގުޅުނު ކޯރާޑި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިންޑިއާގައި އަންހެނުންނަށްދޭ އިންސާނިއްޔަތާ ޚިލާފު މިފަދަ ހަމަލާތަކަކީ ދާދި ފަހަކަށް އައިސް ވަރަށް ގިނަވަމުންދާ މައްސަލަތަކަކަށްވެފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ދިއްލީގައި ދުއްވާފައި ދިޔަ ބަހެއްގައި އުމުރުން 23 އަހަރުގެ އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާ، އޭނާ މަރާލި މައްސަލައަށްފަހު، އަންހެނުންނަށް ދެމުންދާ މިފަދަ ހަމަލާތައް އިންޑިއާގައި އިތުރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ