ބިދޭސީންނަށްވެސް އަޑުއުފުލިދާނެ، ނަމަވެސް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެ: ސަލީމް

ހައްގުތައް ހޯދުމަށް ބިދޭސީ މަސައްކަތްތެރިންނަށް އަޑު އުފުލިދާނެ ކަމަށާއި، ނަމަވެސް ފުލުހުންނަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެއިންތަކެއް މުސާރަ ނުލިބޭތީ، ހިތްހަމަ ނުޖެހުންފާޅުކޮށް ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިދޭސީ މަސަކަތު މީހުންނަށްވެސް އެ މީހުންގެ ހައްގު ހޯދުމަސް އަޑު އުފުލިދާނެ ކަމަށެވެ. ނަމަވެސް ފުލުހުންނާއި ފުލުހުންގެ އުޅަނދުތަކަށް ހަމަލާދީ ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އިތުރަށް މެމްބަރު ސަލީމް ވިދާޅުވީ މިއީ ސުލަހަވެރި އިހުތިޖާޖެއް ނޫންކަމަށެވެ.
Bidheysee massakathu meehunah ves emeehunge hagguthah hoadhumah adu ufulidhaane. Namaves fuluhunaa fuluhunge ulhandhu thakah hamalaa dhee gellun dhinumakee balaiganeveyne kameh noon. Mi ee sul-ha veri ihuthaaj kurumeh noon. pic.twitter.com/t2Og1HXoz4— Ahmed Saleem (@SalleHoarafushi) July 13, 2020
މިއަދު ބިދޭސީންގެ މުޒާހަރާގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ބައެއް ފުލުހުންނަށް އަނިޔާވެ، އަދި ފުލުހުންގެ ވެހިކަލްތަކަށް ވަނީ ގެއްލުންދީފައެވެ. ފުލުހުން ވަނީ ފަހުން ހަމަނުޖެހުން ކޮންޓްރޯލް ކޮށް ބައެއް ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައެވެ.
ބިދޭސީގެ މައްސަލަ އަކީ ޒަމާނުންސުރެން ހައްލު ނުވެ އޮތް ބޮޑު މައްސަލައަކަށްވާއިރު، ބިދޭސީ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާފައި އެ މީހުންނަށް ދޭންވާ މުސާރަ ނުދިނުމުގެ މައްސަލަ އަކީވެސް ހަމަ އެހާ އާންމު މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ