މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި.

ސަރުކާރުގެ މަސް ކުންފުނި،މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފިއެވެ. މިފްކޯ އިން ވަނީ މިދިޔަ މަހު 22ގައިވެސް ޑީސލްގެ އަގު ހެޔޮ ކޮށްފައެވެ.
މީގެ ކުރިން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 7.33 ރުފިޔާ އަށެވެ.
މިއަދު ގެނައި ބަދަލާ އެކު މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 6.67 ރުފިޔާ އަށެވެ.
މިއީ ޑީސަލް ލިޓަރަކުން ޑީސަލް ލީޓަރަކުން 66 ލާރީގެ ހެޔޮ ވުމެކެވެ.
ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު ހުރީ 8.71 ރުފިޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ