ޤަވާޢިދު އުވާލީ ބަންޑަރާނާއުބުގެ ލަފަޔާއެކު: މިނިސްޓަރ ނަހްލާ

ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު އުވާލުމާ ގުޅިގެން، ޓްރާންސްޕޯރޓް މިނިސްޓަރ އާޢިޝަތު ނަހުލާއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅުނު މައްސަލާގެ ދިފާޢުގައި އެކަމަނާ ވާހަކަ ދައްކަވައިފިއެވެ.
މިނިސްޓަރ ނަހްލާ ވިދާޅުވީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ޤަވާޢިދު އުވާލީ ބަންޑަރަނާއިބުގެ ލަފާގެ މަތިން ކަމަށެވެ. ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ޤަވާޢިދުގައި މައްސަލަތަކެއް ހުރިކަމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާހަގަކޮށްފައިވާކަމަށް ވެސް މިނިސްޓރ ނަހްލާ ފާހަގަ ކުރައްވައެވެ. އެގޮތުން ޤަވާޢިދު ހެދުމުގައި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދާފައިނުވާތީ އެކަން ފާހަގަކޮށް ޓްރާންސްޕޯރޓް މިނިސްޓްރީއަށް ހުށައަޅާފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް އެ ޤަވާޢިދު އަލުން އިސްލާހުކުރުމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން ލަފާދެއްވިކަމަށް މިނިސްޓަރ ނަހްލާ ފާހަގަ ކުރެއްވިއެވެ.
އޭސީސީއަށް ހުށަހެޅި މިނިސްޓަރ ނަހްލާގެ މައްސަލައިފައި ޤަވާއިދުގެ މައްސަލަ ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅާ ކަމަށް އޮތް ނަމަވެސް އެކަން މިނިސްޓަރ ނަހްލާ ދޮގުކުރައްވައެވެ. އެކަމަނާ ވިދާޅުވީ ޤަވާޢިދުގައި ޤާނޫނީ މައްސަލަތަކެއް ހުރުމުން އެކަން ބޯޑުގެ ސަމާލުކަމަށްގެނެސް ޤަވާއިދު އިސްލާހުކޮށް އެކުލަވާލަން ދެތިން ފަހަރެއްގެ މަތިން ވާނީ ބޯޑަށް އަންގާފައި ކަމަށެވެ. ބޯޑުން ބޭނުންވީ ޤަވާޢިދު އިޞްލާޙުކުރުން، މަޑުޖައްސާލާފައި ބޭއްވުމަށް ކަމަށް މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ. ނަމަވެސް ބަންޑާރަ ނައިބުގެ ލަފާދެއްވީ ގެޒެޓްކޮށްފައިވާ ޤަވާޢިދެއް މަޑުޖައްސާލާފައި ނުބޭއްވޭނެކަމަށް، ކަމަށް މިނިސްޓަރ ނަހްލާ ފާހަގަ ކުރެއްވިއެވެ. އަދި ޤަވާޢިދު އޮތް ގޮތުން އިޞްލާޙު ނުކުރެވޭނެ ކަމަށާއި އޮތް ހައްލަކީ ގަވައިދު އުވާލުން ކަމަށް ވެސް ބަންޑާރަނާއިބް ލަފާ ދެއްވި ކަމަށެވެ.
"ޤާނޫނާއި ޤަވާޢިދާއި އިޖުރާއަތުން ބޭރުން އަޅުގަނޑު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ، ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ، އަދި ޤަވާޢިދު އުވާލުމުގެ ހަމައެކަނި ބޭނުމަކީ އެ ޤަވާއިދުގައި ހުރި މައްސަލަތަކެއް ހައްލުކޮށް އަލުން އެ ޤަވާޢިދު އެކުލަވާލުން." މިނިސްޓަރ ބަސް ކަމަށްބުނެ ޓްރާންސްޕޯރޓް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި އެމިނިސްޓްރީން ބުނެފައިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށައަޅައިފައިވަނީ
ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ސޮއިކޮށެވެ. ހަތްދިހަ އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް ބައެއް މީޑިއާ ތަކުން ރިޕޯރޓްކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ