އެއްވެސް ލީޑަޝިޕެއްގެ ފަހަތަށް ނާރާނެ ކަމަށާއި، ވާންޏާވާނީ ލީޑަރަށް ކަމަށް ކުރީގެ ހޯމު މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމް އިން ދައްކާ "އިތުރުކާފު" ޕްރޮގްރާމަށް މެހެމާނެއްގެ ގޮތުގައި ވާހަކަދައްކަވަމުން، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކާއި ޑރ. މުޙައްމަދު ޖަމީލުގެ ދަށުން ޕީޕީއެމް ގައި މަސައްކަތް ކުރަންް ވަޑައިގަންނަވާފާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އުމަރު ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތައް ނާރުއްވާނެ ކަމަށާއި ސިޔާސީ ލީޑަރުންގެ ފަހަތުން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީ އަކާއި ގުޅޭނަމަ ޖެހޭނީ އެޕާޓީއެއްގެ ލީޑަރުކަން ހަވާލު ކުރަންް ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވިއެވެ.
"އަޅުގަނޑު މިހުރީކީއެއް އެއްވެސް ބޭފުޅެއްގެ ދަށުން މަސައްކަތްކުރާކަށް ނޫން. އަދި ރައީސް ޔާމިނުވެސް ހިމެނޭހެން އިނގޭތޯ. ޔާމިންގެ ލީޑާޝިޕްގެ ފަހަތަށް ނާރާނަން. ގާސީމް އިބްރާހިމްގެ ލީޑާޝިޕްގެ ފަހަތަކަށް ނާރާނަން. އެއްވެސް މީހެއްގެ ލީޑާޝިޕްގެ ފަހަތައް އަޅުގަނޑު ނާރާނަން. އަލުގަނޑު ފޮލޯ ނުކުރާނެ ދެން އެއްވެސް ލީޑަރެއް. އަޅުގަނޑުވާނީ ލީޑަރަކަށް." އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ އޭނާއަކީ ޕީޕީއެމްގެ ބޭފުޅަކަށްވާއިރު އެޕާޓީ އުފެއްދުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި އެއްހަމައެއްގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްއާއެކު ދެން މަސައްކަތްކުރާނީ ޕާޓީގެ ލީޑަރުކަން ހަވާލުކުރުމުންކަމަށާއި އޭނާއަކީ ޔާމިންގެ ސަޕޯޓަރެއް ނޫންކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އަދި އެއްވެސް ޕާޓީއަކަށް ސަނާ ކިޔަން ނުދާނެކަމަށް ވެސް ވިދާޅުވި އެވެ.
އެއްވެސް މީހެއްގެ ލީޑާޝިޕްގެ ފަހަތަކަށް ނާރާނަން، ވާނީ ލީޑަރަށް: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ