މޯލްޑިވްސް ޑިވެލްޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު އިންތިޚާބުވުމުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސިޔާމަށް މަރުހަބާ ދަންނަވައި މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީއޭ އާއި ޕީޕީއެމްއަކީ ގައުމު ބިނާ ކުރުމުގައި ބައިވެރިން ކަމަށެވެ. އަދި އެމްޑީއޭގެ ލީޑަރު ކަމަށް ސިޔާމު އިންތިހާބުވުމުން މަރުހަބާ ވިދާޅުވާ ކަމަށެވެ.@MDAmaldives Warm congratulations to Hon Ahmed Siyam Mohamed on being elected as Leader of MDA. We are partners in nation building.— Maumoon Abdul Gayoom (@maumoonagayoom) February 8, 2015
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ލީޑަރުކަމަށް ސިޔާމު އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީއޭގެ ލީޑަރު ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުން ވޯޓަކާ ނުލަ އެވެ.
އެމްޑީއޭގެ ލީޑަރު ކަމަށް ސިޔާމް އިންތިޚާބުވެ ވަޑައިގެންނެވި އިރު އެ ޕާޓީގެ ނައިބު ލީޑަރުކަމަށް ވަނީ އިންތިގާލީ މަރުހަލާގައި ވެސް ނައިބު ލީޑަރުކަން ކުރެއްވި ތިން ބޭފުޅުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އައިޝަތު ރަފިއްޔާ އެވެ.
މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 25 ވަނަ މާއްދާގެ (ހ)ގެ ދަށުން ޕާޓީގެ ލީޑަރަށް ލިބިދީފައިވާ ބާރުގެ ދަށުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނައިބް ލީޑަރަކަށް އައްޔަން ކުރައްވާފައި އެވެ.
ޕާޓީގެ އިސް ގުނަވަންތަކަށް ބޭފުޅުން އައްޔަން ކުރެވިގެން ދިޔަ އިރު ޕާޓީގެ ގައުމީ މަޖިލީހަށް ހޮވާ 10 މެމްބަރުންނާއި ޒުވާނުން މަޖިލީހުގެ ރައީސްއާ ނައިބު ރައީސް އަދި އަންހެނުން މަޖިލީހުގެ ރައީސާގެ މަގާމަށް ވެސް އިއްޔެ ވަނީ ބޭފުޅުން އިންތިޚާބުކުރައްވާފައެވެ.
އެމްޑީއޭގެ ލީޑަރުކަމަށް ސިޔާމް އިންތިޚާބުވުމުން މައުމޫނު މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ