ބުދަޕެސްޓް (މެއި 30) - ޕެނަލްޓީ ޝޫޓައުޓްގައި އާސެނަލް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ، ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި ދިފާއު ކޮށްފި އެވެ،
މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ޕެނަލްޓީ ޖަހަން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުންނެވެ. ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ.
އާސެނަލް ވަނީ މެޗުގެ ފަސްވަނަ މިނިޓުގައި ކައި ހަވާޓްޒްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން އުސްމާން ޑެމްބެލޭ އެއްވަރު ކޮށްދިނީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ. މިއީ ކްރިސްޓިއަން މޮސްކޭރާ، ޕީއެސްޖީގެ ކިވިޗާ ކްވަރަޓްސްކޭލިއާ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.
މިއާ އެކު، މިދިޔަ އަހަރު އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީ ވެފައި ވަނީ ޖެހިޖެހިގެން ދެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފް ހޯދި ނުވަވަނަ ކްލަބަށެވެ.
ތަފްސީލު އަންނަނީ...
އާސެނަލް ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ